ކުޑަހުވަދޫ އާރްޑީސީ ސައިޓުގައި އަލިފާނުގެ ހާދިސާއެއް

ދ.ކުޑަހުވަދޫގައި ހުންނަ ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ސައިޓުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ...

02 Aug 2023 | 07:07

ދ.ކުޑަހުވަދޫގައި ހުންނަ ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ސައިޓުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

އެމްއެންޑިއެފް އިން ބުނީ މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުނީ ރޭ 22:31 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ ފަޔަރ ސްޓޭޝަނަށް ކަމަށެވެ. އަދި އެ ސްޓޭޝަނަށް މައުލޫމާތު ލިބުމާއިއެކު، އެ ސްޓޭޝަނުގެ ފަޔަރމަނުން އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވި ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ކުރި މަސައްކަތުން އެ ކުނިތަކުގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 23:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރަށް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް