ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ފުހުލުން ބުނީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަމަށެވެ.
މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، އަދި އޮފް ނޭޝަނަލް ކޮލެޖް އޮފްޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާންގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވްއޮފިސަރުންނާއި އެންސީޕީއެލްގެ އެކި ފެކަލްޓީތަކުގެ އިސްވެރިންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެންއިއްޒަތްތެރިން އަދި ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެފައިވާ ކަން ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރަށް، ފުލުހުން ބުނީ މި ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ރިޝްވާން އިބްރާހީމް ކަމަށެވެ.
އަދި ކޯހުން ދެވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް މުސައިދު މުޙައްމަދު ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް އަލީ ސިމާހްއެވެ.
ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް އަޙްމަދު ޝިފާއުއެވެ. އަދި ދެވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް އަލީ ސިމާހް ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް މުސައިދު މުޙައްމަދުއެވެ.
މީގެ އިތުރަށް، އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް ރިޝްވާން އިބްރާހީމް ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސްކޮންސްޓަބަލް ޖުމާން މުޙައްމަދުއެވެ. އަދި ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް މުޙައްމަދު އަޒްލީން އަލީއެވެ.
އެންމެ މޮޅު ސްކޮޑަކަށް ހޮވިފައިވަނީ އާނެއްލާ ސްކޮޑެވެ. އަދި އެންމެ މޮޅު ސްކޮޑަށް ޝީލްޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދުޙަމީދުއެވެ.
48 އަންހެން ބައިވެރިންނާއި 172 ފިރިހެން ބައިވެރިން މި ކޯހުގައި ބައިވެރިވެ 192 ބައިވެރިން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ފުލުހުން ވަނީހާމަކޮށްފައިއެވެ.
މި ރަސްމިއްޔާތު ނިންމައިލާފައިވަނީ ކޯހުގެ ދަރިވަރުންގެ ރޫޓް މާޗަކާ އަދި ބަޑިބޭހުގެ ކުޅިވަރުތަކާ އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް