ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުށްވެރި ކޮށްފިއެވެ.
ޕީޕީއެމް އިން ބުނީ، ކާކުކަން ނޭނގޭ، ރާއްޖެއިން ބޭރުގެ ނަންބަަރަކުން މުއިއްޒުއާއި އަނބިކަނބަލުންގެ ފޯނަށް މެސެޖުތަކެއް ފޮނުވައި މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.
"މިފަދަ ނާތަހުޒީބު، ދަށު ދަރަޖައިގެ ފިނޑި އަމަލުތަކުން، މި ކޯލިޝަންގެ ލީޑަރޝިޕްގައި ބައިބައި ކުރެވިދާނެ ކަމަށް ހީކުރުމަކީ އެކަން ކުރާ ބަޔަކަށް ކުރެވޭ ކުށްހީއެއް" ޕީޕީއެމްއިން ބުންޏެވެ.
އެފަދަ ބިރުދެއްކުންތަކާއި އިންޒާރު ތަކަށް ބެލުމެއް ނެތި ޕީޕީއެމްގެ ލީޑަރޝީޕާއި ސެނެޓުން މަސައްކަތް ކުރާނީ އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ސަރުކާރުން ކުރަމުންދާ އަނިޔާތަކުން މިންޖު ކުރަން ކަމަށް ޕީޕީއެމްއިން ބުންޏެވެ.
މީގެ އިތުރުން ޕީޕީއެމްއިން ބުނީ، ޕާޓީ އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރާނީ ޔާމީނަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކަމަށެވެ.
މުއިއްޒުއާއި އަނބިކަނބަލުންގެ ފޯނަށް މަރުގެ އިންޒާރުދީ މެސެޖް ކުރި މީހުން ހޯދައި ފިޔަވަޅު އެޅުމަށް ޕީޕިއެމްއިން ގޮވާލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް