ރިޔާސީ ނިޒާމު ގަބޫލެއް ނުކުރައްވާ ކަމަށާއި ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުކަމަށް ކުރިމަތިލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ 'ސޯސަލް' އަށް ދެއްވި އިންޓަވިއުއެއްގައި، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލާފާނެތޯ ސުވާލު ކުރެއްވުމުންނެވެ.
އީވާ ވިދާޅުވީ ރައީސް ސޯލިހަކީ އާއިލީ ތިމާގެ ބޭފުޅެއް ކަމަށާއި ނަމަވެސް ޜާއްޖޭގެ ވެރިކަން ކުރުމަށް ރައީސް ސޯލިހު ކަމު ނުދާ ކަމަށެވެ.
އަންހެނަކަށްވެ ހުރެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުރެވޭތީ ވަރަށް އުފާވާ ކަމަށާއި އެހާ ގިނަ ދުވަހު މަޖިލީހުގައި އުޅުއްވުމަށް ފަހު ނައިބު ރައީސްކަމަށް އިންތިހާބު ވުުމުން ވަރަށް އުފާވާ ކަމަށް އީވާ ވިދާޅުވިއެވެ.
ނަމަވެސް މަޖިލިސް ތެރޭގައި ހިނގާ ކޮންމެ ސިކުންތަކީވެސް އިންޓަރނަލް ޕޮލިޓިކްސްއަށް ވުމުން އެކަމާ ވަރަށް ސްޓްރެސް ވާ ކަމަށް އީވާ ވިދާޅުވިއެވެ.
ރައީސް ނަޝީދާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ދިވެހި ރާއްޖޭގައި ހުރި އެންމެ ވިޝަނަރީ ލީޑަރަކީ ނަޝީދު ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި ނަޝީދު ކުރައްވާފައިވާ ކަންކަމަކީ ރާއްޖޭގެ ރައްޔިތުން ހިޔާލަށްވެސް ނުގެންނަ ކަންކަން ކަމަށެވެ.
އެގޮތުން އާސަންދައާއި އެކަނިވެރިމައިންނަށް ދޭ އިނާޔަތާއި ދޮށީ އުމުރުގެ މީހުންނަށް ދޭ އިނާޔަތަކީ ނަޝީދުގެ ވިޝަނަރީ ވިސްނުންފުޅުގެ ނަތީޖާ ކަމަށް އީވާ ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނާ މެދު ނަޝީދުގެ ހުންނަވާ ކުލުނާ ހުރެ ނަޝީދަކީ އެންމެ ރަނގަޅު ލީޑަރު ކަމަށް އީވާ ގަބޫލު ކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް