ކުޑަކުދިންނާއެކު ރައީސްގެ އާދަޔާ ޚިލާފު ލޯބި ފޮޓޯތަކެއް

ރިޔާސީ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ އެންމެންގެ ލޮލުގައިވެސް އަޅައިގަތީ ކުޑަކުޑަ ކުދިންނާއެކު ރައީސް ނަންގަވާފައިވާ ލޯބި ލޯބި ފ...

02 Aug 2023 | 03:30

ރިޔާސީ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ އެންމެންގެ ލޮލުގައިވެސް އަޅައިގަތީ ކުޑަކުޑަ ކުދިންނާއެކު ރައީސް ނަންގަވާފައިވާ ލޯބި ލޯބި ފޮޓޯތަކެވެ.

އަބަދުވެސް ހިތް ތިރި ކަމަށް މަޝްރޫއު ރައީސް، މީގެ ކުރިންވެސް ކުދިންނާއެކު އުޅުއްވާ ފޮޓޯއާއި ވީޑިއޯ ވަނީ ވައިރަލްވެފައެވެ.

ކެމްޕޭނަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ އާއްމުވި ދެ ފޮޓޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

އެއް ފޮޓޯއަކީ ކުޑަކުޑަ ފިރިހެން ކުއްޖަކު ވަރަށް ރީތިކޮށް ރައީސް ގައިކޮޅުގައި ބައްދާލައިގެން އޮތް ފޮޓޯއެކެވެ. ދެއަތުން ރައީސް ގައިގައި ބައްދާލައިގެން އެ ކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ އާއްމުކޮށް ފެނިދެނިވެ އުޅޭ މީހަކު އުރާލުމުން މޫނަށް އަންނަ ކުލަވަރެވެ. އެ ކުއްޖާ އޮތީ ވަރަށް ހަމަޖެހިލައިގެންނެވެ.

އަދި ރައީސް ހުންނެވީ ހިނި އަހިސްފައިކަން ފޮޓޯއިން އެނގެއެވެ.

ދެވަނަ ފޮޓޯއަކީ ކުޑަ އަންހެން ކުއްޖަކު ރައީސްގެ ކަންފަތް ދޮށުގައި ސިއްރުން ވާހަކައެއް ބުނާ ތަނުގެ ފޮޓޯއެވެ. ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ވަނީ ސޯޝަލް މީޑިއާގައި މި ލޯބި ފޮޓޯ ހިއްސާކޮށްފައެވެ.

އެ ތުއްތު ކުއްޖާ ބުނި އެއްޗެއް ނޭނގުނަސް، އެވަގުތު ރައީސް ހުންނެވީ ވަރަށް ހިނިއަހިސްފައެވެ. އެކުއްޖާ ސިއްރެއް ބުނީ ރައީސްގެ އަތްޕުޅުގައި ހިފަހައްޓައިގެން ހުރެއެވެ.

މީގެ ކުރިން ރައީސް ރަށްރަަށަށް ވަޑައިގެންނެވި އިރުވެސް ކުޑަކުދިންނާއެކު ވަރަށް ގިނައިން ފޮޓޯ ނަންގަވައެވެ. މީގެ ކުރީގެ ދަތުރެއްގައި ކުޑަކުއްޖަކު ވަނީ އެކުއްޖާ އަމިއްލަ އަތުން ތައްޔާރު ކޮށްފައިވާ ކާޑެއް ރައީސްއަށް ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް