މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ، ގާތުން ދިނުމުގެ ހަފްތާ!

އޯގަސްޓް ފުރަތަމަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ، ގާތުން ދިނުމުގެ ހަފްތާއެވެ. މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މަ...

02 Aug 2023 | 03:29

އޯގަސްޓް ފުރަތަމަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ، ގާތުން ދިނުމުގެ ހަފްތާއެވެ.

މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މައިމީހާގެ ގާތުން ދޭ ކިރަކީ ކުއްޖާ ވިހެއުމުން ފެށިގެން ކުއްޖާއަށް ލިބިދޭ އެންމެ ރަނގަޅުު އަދި ހަމައެކަނި ނިއުޓްރިޝަން ކަމަށެވެ.

މައިމީހާގެ ގާތުން ދިނުމުގެ ސަބަބުން ކުއްޖާ ބަލިތަކުން ދުރުކޮށްދީ، ސިކުނޑީގެ ދުޅަހެޔޮކަން އިތުރު ކޮށްދޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

https://twitter.com/HPA_MV/status/1686342872164188160

ގާތުންކިރުދިނުމުގެ ފައިދާތައް

  • ކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ބަލިތަކުން ރައްކާތެރިކޮށްދިނުން
  • ކުއްޖާގެ ވިސްނުން ތޫނުވުމަށް އެހީތެރިވެދިނުން
  • ދަރިފުޅާ މަންމައާ ދޭތެރެ އޮންނަގުޅުން ބަދަހިވުން
  • ހުންނަންވާ ވަރަށް ބަރުދަން އިތުރުވުމަށް އެހީތެރިވެދިނުން
  • ޖަރާސީމުތަކުންޖެހޭ ބަލިތަކުން ދިފާޢުކޮށްދިނުން
  • އަދި މީގެ އިތުރުންވެސް ބޭރަށް ހިންގުން، ކެއްސުން، އަރިދަފުސް ރޯގާ، ކަންފަތުގައި ޖަރާސީމު އަށަގަތުން އަދި ކުޑަކަމުދާނިޒާމަށްޖެހޭ ބަލިތައް ޖެހުމުން ރައްކާތެރިކޮށްދިނުން

ގާތުންކިރުދިނުމުގެ ސަބަބުން މައިންނަށް ލިބޭ ބައެއް ފައިދާތައް:

  • އުރަމަތީ ކެންސަރާއި ރަހިމުގެ ކެންސަރުން ރައްކާތެރިވުން
  • މާބަނޑު ދުވަސްވަރު އިތުރުވާ ބަރުދަން ލުއިވުމަށް އެހީތެރިވުން
  • ވިހެއުމަށް ފަހު އަންނަލޭ ސާފުވުމަށް އެހީތެރިވެދިނުން ހިމެނެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް