ގަތަރުގައި ބާއްވާ ވަރލްޑް ކަޕްގެ ސެމީ ފައިނަލު މެޗު ބަލައިލަން ދިއުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި

ގަތަރުގައި ބާއްވާ ވަރލްޑް ކަޕްގެ ސެމީ ފައިނަލު މެޗު ބަލައިލަން ދިއުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ. މިއީ އެ ކުންފުނީގެ ވަރލްޑް ކަޕް ފޯރީ 2022 ކެމްޕެއިންގެ ދަށުން ހުޅުވާލި ފުރުސަތެއް ކަމަށާއި...

02 Aug 2022 | 16:44

ގަތަރުގައި ބާއްވާ ވަރލްޑް ކަޕްގެ ސެމީ ފައިނަލު މެޗު ބަލައިލަން ދިއުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.

މިއީ އެ ކުންފުނީގެ ވަރލްޑް ކަޕް ފޯރީ 2022 ކެމްޕެއިންގެ ދަށުން ހުޅުވާލި ފުރުސަތެއް ކަމަށާއި ހަތަރު ނަސީބުވެރި ކަސްޓަމަރަކަށް ގަތަރުގައި ބާއްވާ ފީފާ ވަރލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ޚާއްސަ ލަކީ ޑްރޯއެއް ތައާރަފްކޮށްފައިވާ ކަމަށް އުރީދޫ އިން ބުނެއެވެ.

މި އޯގަސްޓު މަހުގެ 2 ން 31 ގެ ނިޔަލަށް ކުރިއަށްދާ މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ހޮވާ އިޢުލާން ކުރަން ރާވާފައިވަނީ 10 ނޮވެންބަރު ގައި ކަމަށް އެކުންފުނިން ބުނެއެވެ. އަދި ސެމީ ފައިނަލް ބަލާލުމުގެ ފުރުސަތު ގެ އިތުރުން ލަކީ ޑްރޯގެ ބައިވެރިންގެ ތެރެއިން ކޮންމެ ހަފްތާއަކު ވެސް ވަރލްޑް ކަޕް މާޗެންޑައިޒް އާއި އެހެންވެސް އިނާމުތައް އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫ އިބް ބުނެއެވެ.

އުރީދޫ ވަރލްޑް ކަޕް ފޯރި ލަކީ ޑްރޯ އިއުލާނުކޮށްފައިވަނީ އެ ކުންފުނީގެ 17 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ބޭއްވި ޚާއްސަ ފުޓްބޯޅަ އިވެންޓެއްގައެވެ.

މި ހަރަކާތް ފައްޓަވައިދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްއާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލްޙަމާދީއެވެ.

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ބޭއްވި މި ޚާއްސަ ޙަފްލާގައި، ފިޔަވަތިގެ 50 ކުދިން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ 5 މެންބަރުންނާ އެކު ފުޓުބޯޅަ މެޗެއްގައި ބައިވެރިވެފައެވެ.

ފީފާ ވަރލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ވަނީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލާފައެވެ.

ސުޕަރނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ޕްރީޕެއިޑް ރީޗާރޖް ކުރައްވާ ކަސްޓަމަރުން، އުރީދޫ ބިލް ޕޭމަންޓް، އައު ޕްލޭނަކަށް އަޕްގްރޭޑް ކުރުން ނުވަތަ ސަބްސްކްރައިބް ކުރުމުން ވެސް މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނެއެވެ. އަދި މޫލީ މެދުވެރިކޮށް ޝޮޕިންގ ކުރުން ނުވަތަ ޕްރޮމޯޝަނަލް ޕީރިއަޑްގައި އެމް-ފައިސާ ގެ ޚިދުމަތް ބޭނުން ކުރުން ފަދަ ޚިދުމަތްތައް އަމަލީ ގޮތުން ބޭނުން ކުރައްވާ އުރީދޫ ކަސްޓަމަރުން ވެސް، މި ނަސީބުވެރި ލަކީ ޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކުން ވެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅިވަޑައިގަންނަވާ ކޮންމެ ކަސްޓަމަރަކަށް ވެސް ލަކީ ޑްރޯގައި ބައިވެރިވެ، ފޯރިގަދަ އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް