ބޮލީވުޑްގެ ބަތަލް ސަލްމާން ހާން 1.5 ކްރޯޑު ރުޕީސްގެ އަގު ހުރި ބުލެޓް ޕްރޫފް ކާރެއް ދުއްވަން ފަށައިފި އެވެ.
މި ކާރު ގެންގުޅެން ފެށީ އޭނާ އާއި އާއިލާއަށް ދިން މަރުގެ އިންޒާރާއި ގުޅިގެންނެވެ. އޭނާއަށް މަރުގެ އިންޒާރު ދިނީ އެ ގައުމުގައި ހަރަކާތްތެރިވާ ގޭންގެއް ކަމަށްވާ ލޮރެންސް ބިޝްނޯއީ އެވެ.
މި އިންޒާރާއި އެކު ސަލްމާންގެ އެދުމަށް އިންޑިއާގެ މުމްބާއީ ފުލުހުން ދަނީ އޭނާއަށް 24 ގަޑިއިރު ސެކިއުރިޓީ ފޯރުކޮށްދެމުންނެވެ. އަދި މިހާރު ބަޑި ގެންގުޅުމުގެ ހުއްދަވެސް ސަލްމާންގެ އެދުމަށް ދޫކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަމިއްލަ ފުރާނައިގެ ރައްކާތެރި ކަމަށް އޭނާ ގަތް ބުލެޓު ޕްރޫފް ކާރުގައި އޭނާ އެއާޕޯޓަށް ދިޔަ ފެނިފައިވެ އެވެ. އަދި އެ ދިޔަ އިރު ގިނަ އަދަދެއްގެ ސެކިއުރިޓީ ގާޑުންނާއި އެކު ފުލުހުންގެ އޮފިސަރެއްވެސް ހަރަކާތްތެރިވެ އެވެ.
ސަލްމާންގެ ސެކިއުރިޓީ ވަރުގަދަ ކުރި އިރު ލޮރެންސް ބިޝްނޯއީގެ ގޭންގުގެ ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރު ކުރީ އިންޑިއާގެ ރެޕް ލަވަކިޔުންތެރިޔާ އަދި ޕަންޖާބުގެ ކޮންގްރެސް ޕާޓީގެ ލީޑަރު ސީދޫ މޫސައިވާލާ މަރާލި މައްސަލައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް