ޖަރުމަނުގައި ރާއްޖެ އިޝްތިހާރުކުރަން އައުޓްޑޯ އެޑްވަޓައިޒިންގ ކެމްޕެއިނެއް ފަށަނީ

ޖަރުމަނުވިލާތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ / ވިޒިޓް މޯލްޑިވްސް) އިން އައުޓްޑޯ އެޑްވަޓައިޒިންގް ކެމްޕެއިނެއް ފެށުމަށް...

02 Aug 2022 | 11:38

ޖަރުމަނުވިލާތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ / ވިޒިޓް މޯލްޑިވްސް) އިން އައުޓްޑޯ އެޑްވަޓައިޒިންގް ކެމްޕެއިނެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްއެމްޕީއާރްސީން ބުނީ މިއީ ޑޮޓްކޮމް އަރަބިއްޔާއާ ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ.

މި އޮގަސްޓް މަހު ކުރިއަށްދާ މި ކެމްޕެއިނަކީ ދިވެހިރާއްޖޭގެ ބްރޭންޑަށް ޖަރުމަނުވިލާތުގެ މާކެޓުގައި އޮތް މަގުބޫލުކަން އިތުރުކޮށް, ދިވެހިރާއްޖެއާއި ބެހޭ މައުލޫމާތު ހިއްސާކޮށް, މި މާކެޓުން ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

މި ކެމްޕެއިނުގެ ދަށުން ޖަރުމުވިލާތުގެ މަޝްހޫރު ޕޮޓްސްޑާމެރ ޕްލަޓްޒް-ކުއާޓިއާރ އަދި ބެރލިން އެއާޕޯޓްގަ ދިވެހިރާއްޖެ އިޝްތިހާރުކުރާނެއެވެ.

ޕޮޓްސްޑާމެރ ޕްލަޓްޒް-ކުއާޓިއާރ އަކީ ގިނަ ބަޔަކު މަސައްކަތްކުރާ އަދި ދަތުރުކޮށް އުޅޭ ހިސާބަކަށްވާތީ، ދިވެހިރާާއްޖޭގެ އިޝްތިހާރުތައް 5.5 މިލިޔަން މީހުންނަށް ފޯރާނެކަމަށް އެމްއެމްޕީއާރްސީން އަންދާޒާ ކުރެއެވެ. އަދި ބަރލިން އެއަރޕޯޓްގައި ބަހައްޓާ އިޝްތިހާރުތައް 1.2 ފަތުރުވެރިންނަށް ފޯރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފާޢޭޥޭ.

"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރީތި މަންޒަަރު ފެންނަ އިޝްތިހާރުތަކުގެ ސަބަބުން ފަތުރުވެރިން ޗުއްޓީއަށް ދިވެހިރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުމެވެ. 5 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޑޮޓްކޮމް އަރަބިއްޔާއަކީ މި ސަރަޙައްދުގައި އެންމެ ކުރިއަރާފައިވާ އެއް އައުޓްޑޯ އެޑްވަޓައިޒިން އޭޖެންސީއެވެ" އެމްއެމްޕީއާރްސީން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ ބީބީސީ، ފައިނޭންޝަލް ޓައިމްސް، ދަ ގާޑިއަން އަދި ވޯގް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތައް ތަމްސީލުކޮށްފައިވާ ޑޮޓްކޮމް އަރަބިއްޔާއިން ސައުދީ ޓޫރިޒަމް އަދި އިއްތިހާދު އެއަރވޭސް ފަދަ ކްލައިންޓުންނާއި އެހެނިހެން ހައި ޕްރޮފައިލް ކްލައިންޓުންނާއެކުވެސް ޓޫރިޒަމް ކެމްޕޭންތައް ހިންގާފައިވާ ކަމަށެވެ.

މި އަހަރު ޖުލައި 20 ގެ ނިޔަލަށް 73,118 ފަތުރުވެރިން ޖަރުމަނުވިލާތުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް