މާލެ ސަރަހައްދުގައި އިތުރު 2،000 ހައުސިން ޔުނިޓު އަޅަން އިންޑިއާއިން ލޯނު ދެނީ

މާލެ ސަރަހައްދުގައި އިތުރު2،000 ހައުސިން ޔުނިޓު އަޅަން އިންޑިއާއިން ލޯނު ނަގަން ނިންމައިފި އެވެ. މި ލޯނު ރާއްޖެއަށް ދެނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އެ ބޭންކުން ދޭން ނިންމާފައިވަނީ 119 މިލިއަން ...

02 Aug 2022 | 11:05

މާލެ ސަރަހައްދުގައި އިތުރު2،000 ހައުސިން ޔުނިޓު އަޅަން އިންޑިއާއިން ލޯނު ނަގަން ނިންމައިފި އެވެ.

މި ލޯނު ރާއްޖެއަށް ދެނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އެ ބޭންކުން ދޭން ނިންމާފައިވަނީ 119 މިލިއަން ޑޮލަރުގެ ލޯނެކެވެ.

މިކަން އިއުލާންކުރެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގްޒިމް ބޭންކުން މިދިޔަ އަހަރު ވަނީ މި ސަރުކާރުން ހުޅުމާލޭގައި ހަދާ 4،000 ހައުސިން ޔުނިޓް އިމާރާތްކުރަން 228 މިލިއަން ޑޮލަރު، ބަޔާޒް ކްރެޑިޓްގެ ގޮތުގައި އިތުރުކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން މިދިޔަ ޑިސެމްބަރު މަހުގައި ވަނީ 34 މިލިއަން ޑޮލަރު ދޫކޮށްފަ އެވެ.

އެ 4000 ހައުސިން ޔުނިޓް ހަދަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ، ނެޝަނަލް ބިލްޑިންގްސް ކޮންސްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އަދި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ އެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2000 ހައުސިން ޔުނިޓް ހެދުމަށެވެ

މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް