ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓު ދިނުމަށް ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
މި ޖަލްސާ ބާއްވަން ނިންމާފައިވަނީ މިމަހުގެ19 ވަނަ ދުވަހު އެވެ. މިކަން ރަސްމީކޮށް ޕީޕީއެމްއިން އަދި ހާމައެއް ނުކުރެ އެވެ.
އިދިކޮޅު އޮފިޝަލަކު މީޑިއާގައި ވިދާޅުވީ މިޖަލްސާގެ މައިގަނޑު ބޭނުމަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ރައީސް ޔާމީން ގަބޫލުކުރައްވާފައިވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމާއި ރިޔާސީ ޓިކެޓް ހަވާލުކުރުން ކަމަށްވެސް ވިދާޅުވި އެވެ.
ޔަމީނަށް ޓިކެޓު އެރުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޕީޕިއެމް/ ޕީއެންސީ ކައުންސިލް ބައްދަލުވުމުގައި އެވެ.
ޕީއެންސީން ބުނީ ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނީ ފުރަތަމަ ބުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް