އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމަށް ފަޒީލް އައްޔަން ކޮށްފި

އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމަށް އިބްރާހިމް ފަޒީލް އައްޔަން ކޮށްފި އެވެ. އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހުސެއިން ރިޓަޔާ ކުރެއްވުމާ ގުޅިގެނ...

02 Aug 2022 | 07:51

އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމަށް އިބްރާހިމް ފަޒީލް އައްޔަން ކޮށްފި އެވެ.

އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހުސެއިން ރިޓަޔާ ކުރެއްވުމާ ގުޅިގެން ނެވެ.

އަލަށް އައްޔަން ކުރެއްވި އެސިސްޓެންޓް އޮޑިޓާ ޖެނެރަލް ފަޒީލްއަކީ އެ ދާއިރާގަައި 15 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އެގޮތުން އެ ބޭފުޅާ ވަނީ ކުރިން އޮޑިޓް އޮފީހުގެ އިސް މަގާމުތައް ވެސް ފުރައްވައިފަ އެވެ. އޭނާ އެންމެ ފަހުން ހުންނެވީ އޮޑިޓް އޮފީހުގެ ފައިނޭންޝިއަލް އެންޑް ކޮމްޕްލަޔަންސް އޮޑިޓްގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

އޭނާ މީގެ ކުރިން ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމިޓީގައި ތިން އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

ފަޒީލްއަކީ ޗާޓާޑް އިންސްޓްޓިއުޓް މެނޭޖްމަންޓް އެކައުންޓް (ސީމާ)ގެ މެމްބަރެއް ވެސް މެއެވެ.

ފަޒީލް ވަނީ އިންޑިއާގެ ބެންގަލޫރު ޔުނިވާސިޓީން ކޮމާސްއިން ބެޗެލާޒް ޑިގްރީ ހާސިލުކުރައްވައި އަދި އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީން އޮޑިޓް މެނޭޖްމަންޓް އެންޑް ކޮންސަލްޓެންސީއިން މާސްޓާސް ޑިޣްރީ ހާސިލުކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް