މޯލްޑިވް ގޭސް އިން ނައިޓްރޮޖެން އަދި ހައި ކެޕޭސިޓީ އޮކްސިޖަން ޕްލާންޓުގެ ހިދުމަތް ފަށައިފި

މޯލްޑިވް ގޭސް އިން ނައިޓްރޮޖަން އަދި ހައި ކެޕޭސިޓީ އޮކްސިޖަން ޕްލާންޓުގެ ހިދުމަތް ފަށައިފި އެވެ. މި ހިދުމަތް ދެނީ ކ. ތިލަފުށީގައި އެވެ. މި ދެ ޕްލާންޓުގެ ހިދުމަތް ފައްޓަވައިދެއްވީ، މޯލްޑިވް ގޭސްގެ މެނޭ...

02 Aug 2022 | 06:54

މޯލްޑިވް ގޭސް އިން ނައިޓްރޮޖަން އަދި ހައި ކެޕޭސިޓީ އޮކްސިޖަން ޕްލާންޓުގެ ހިދުމަތް ފަށައިފި އެވެ.

މި ހިދުމަތް ދެނީ ކ. ތިލަފުށީގައި އެވެ. މި ދެ ޕްލާންޓުގެ ހިދުމަތް ފައްޓަވައިދެއްވީ، މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމް އެވެ.

މޯލްޑިވް ގޭސް އިން ބުނީ ނައިޓްރޮޖަން ޕްލާންޓަކީ، ރާއްޖެއަށް ބޭނުންވާ ނައިޓްރޮޖަން، ރާއްޖޭގައި އުފެއްދުމުގެ މަގްސަދުގައި ގާއިމްކޮށްފައިވާ ޕްލާންޓެއް ކަމަށެވެ. ނައިޓްރޮޖަން އަކީ މޯލްޑިވްސް ގޭސް އިން މީގެ ކުރިން ސްރީލަންކާ، ދުބާއީ އަދި ސިންގަޕޫރު ފަދަ ގައުމުތަކުން ފިލްކޮށްގެން އިމްޕޯޓު ކުރާ އެއްޗެކެވެ. ނަމަވެސް އިއްޔެ ގާއިމްކުރެވުނު ނައިޓްރޮޖަން ޕްލާންޓާއެކު ގަޑިއަކު 14 ކިއުބިކް މީޓަރ ފިލް ކުރުމުގެ ކެޕޭސިޓީ މޯލްޑިވް ގޭސް ގައި ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މިހާރު ގާއިމްކުރެވިފައިވާ ޕްލާންޓުން ލިބިގެން ދާނީ ވަރަށް ކޮލެޓީ ނައިޓްރޮޖަން ކަމަށް މޯލްޑިވް ގޭސް އިން ބުނެއެވެ. އެގޮތުން މޯލްޑިވް ގޭސް އިން އުފައްދާ ނައިޓްރޮޖެންގައި ޕިއުރިޓީ ލެވެލް ހުންނާނީ 99.995 ޕަސެންޓުގައި ކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވް ގޭސް އިން އިފްތިތާހުކުރި ހައި ކެޕޭސިޓީ އޮކްސިޖަން ޕްލާންޓަކީ، ކޯވިޑްގެ ހާލަތުގައި ބޭނުންވާ ވަރަށް މެޑިކަލް އޮކްސިޖަން އުފުއްދުމަށް ދަތިތަކެއް ދިމާވެދާނެތީ ކެޕޭސިޓީ އިތުރުކުރުމަށް ގާއިމްކުރެވިގެން ދިޔަ ޕްލާންޓެކެވެ. ގަޑިއަކު 52 ކިއުބިކް މީޓަރ ފިލް ކުރެވޭ މި ޕްލާންޓާއެކު ރާއްޖެއަށް އޮތް މެޑިކަލް އޮކްސިޖަންގެ ޝޯޓޭޖަށް މަޑުޖެހުމެއް އަންނާނެކަމަށް މޯލްޑިވް ގޭސް އިން ވަނީ ބުނެފައެވެ. މި ޕްލާންޓާއެކު ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ވަރަށް މެޑިކަލް އޮކްސިޖަން އެއްވެސް ދަތިކަމެއް ނެތި މޯލްޑިވް ގޭސް އަށް ފޯރުކޮށްދެވޭނެ އެވެ.

މޯލްޑިވް ގޭސް އިން އަންނަނީ އެކުންފުނިން ދޭ ހިދުމަތްތައް ފުޅާކޮށް ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް