ދެކުނު އެފްރިކާގައި 100އެއްހާ ފިރިހެނަކު ވެގެން އަށް އަންހެނަކު ރޭޕު ކުރި މައްސަލައެއްގެ ބޮޑު ތަހުގީގެއް ފަށައިފިއެވެ.
މި މައްސަަލައިގާ މިހާތަނަށް 84 ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު މި ހާދިސާ ހިގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 100އެއްހާ ފިރިހެނުން އަށް އަންހެނަކު ރޭޕުކުރީ ވީޑިއޯ ލަވައެއް ޝޫޓު ކުރަން އުޅުނު ސެޓަކަށް އަރައިގަނެ އެތަނުން އަށް އަންހެނަކު އަތުލައިގަނެގެން ގެންގޮސްގެންނެވެ.
އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާގޮތުގައި މި ކަމުގައި ބޮޑަށް ބައިވެރިވެފައިވަނީ އެ ގައުމަށް އެހެން ގައުމުތަކުން ހިޖުރަކޮށްގެން އުޅޭ މީހުންނެވެ. ވަކިން ޓެންޓު ޖަހައިގެން ދިރިއުޅޭ މިފަދަ މީހުންގެ ނުރައްކާ ގައުމަށް ބޮޑުވެފައިވާކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގާ މިހާތަނަށް 84 މީހަކު ހައްޔަރުކޮށްފައިވާއިރު އެ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލައި އެ ގައުމުގައި މިހާރު އަންނަނީ މުޒާހަރާވެސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް