ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑާއި ވައި ގަދަ

ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑާއި ވައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ. ވަގުތަކީ ހެނދުނ...

02 Aug 2022 | 03:56

ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑާއި ވައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ. ވަގުތަކީ ހެނދުނު8:00 ން މެންދުރު ފަހު2:00 އެވެ.

އެވަގުތަކުގައި އާންމުގޮތެއްގައި އެ ސަރަހައްދަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ22 މޭލާއި27 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ އެވެ.

ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.

ރާޅުގެ އުސްމިނުގައި4 ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް މައުލޫމާތުދެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް