ޔޫއޭއީގެ ފުޖެއިރާގައި ދިރިއުޅޭ ދިވެއްސަކު ކުއްލި ގޮތަކަށް ހާޓް އެޓޭކެއް ޖެހިގެން ނިޔާވެއްޖެ އެވެ.
ނިޔާވީ ގދ. ތިނަދޫއަށް ނިސްބަތްވާ އުމުރުން40 އަހަރުގެ މިއުސަމް މުހައްމަދު ސަލީމް (ސީކޭ) އެވެ. އޭނާއަށް ކުއްލިގޮތަކަށް ހާޓް އެޓޭކެއް ޖެހުނީ ރޭ ދަންވަރުގެ ވަގުތެއްގައި އެވެ.
އޭނާ ފުޖެއިރާއަށް ދިރިއުޅުން ބަދަލު ކުރީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެއީ އަންހެނުންނަށް އެ ތަނުގެ ސްކޫލަކުން ޓީޗަރެއްގެ ވަޒީފާ ހަމަ ޖެހުމުންނެވެ.
އާއިލާ އާއި އެކު އެ ގައުމަށް ދިރިއުޅުން ބަދަލު ކުރުމުގެ ކުރިން މިއުސަމް މަސައްކަތް ކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށެވެ. އަދި އެގައުމަށް ބަދަލުވުމަށް ފަހު މަސައްކަތް ކުރަމުން ދިޔައީ ފުޖެއިރާ އެއާޕޯޓުގައި އެވެ.
އޭނާ އަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްގެ އިސް ހަރަކާތްތެރި އެކެވެ. އެ ޕާޓީން ވަނީ މިއުސަމް ނިޔާވުމުން ތައުޒިޔާ ކިޔާފަ އެވެ.
މިއުސަމް ނިޔާވިއިރު 12 އަހަރުގެ އަންހެން ކުއްޖަކާއި އަންބަކު ދުނިޔޭގައި އެބަހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް