ރާއްޖޭގެ ފުރަތަމަ ޗައިލްޑް ނިއުޓްރިޝަން ކްލިނިކް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ހުޅުވައިފި

ރާއްޖޭގެ އެންމެ ފުރަތަމަ ޗައިލްޑް ނިއުޓްރިޝަން ކްލިނިކް ޓްރީ ތޮޕް ހޮސްޕިޓަލްގައި ހުޅުވައިފިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ކްލިނިކް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ހެޔޮ ބ...

02 Aug 2021 | 15:06

ރާއްޖޭގެ އެންމެ ފުރަތަމަ ޗައިލްޑް ނިއުޓްރިޝަން ކްލިނިކް ޓްރީ ތޮޕް ހޮސްޕިޓަލްގައި ހުޅުވައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ކްލިނިކް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. ހާއްސަކޮށް ކުޑަކުދިން ހެދިބޮޑުވުމުގައި ދުޅަހެޔޮ ކެއިން ބުއިމުގެ އާދަތަކަށް އަހުލުވެރިކޮށް އެކަމަށް ހާއްސަ ޑޮކްޓަރުންގެ ލަފާ ލިބޭނެ މަގެއް ފަހިކޮށްދިނުމަކީ މިފަދަ ކްލިނިކެއްގެ އެންމެ ބޮޑު ބޭނުން ކަމަށް ބުނެ އެވެ.

މި ކްލިނިކުން ގަވާއިދުން ހެލްތް ސްކްރީންކުރުމާއި ނިއުޓްރިޝަން ކައުންސިލިންގެ ހިދުމަތް ދޭނެ އެވެ. އަދި ކުއްޖާގެ އުމުރާ އެކަށީގެންވާ ގޮތަށް ފަރުވާ ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މި ކްލިނިކުގެ ތެރެއިން ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖަކަށް ހާއްސަ ކުރެވިގެން ކެއުމުގެ ކަންކަން ބަހައްޓާނެ ގޮތުގެ އިރުޝާދާއި މައުލޫމާތު ލިބިގެންދާނެއެވެ. މީގެ އިތުރުން އަލަށް އުފަންވާ ކުދިންގެ ކާނާއާއި އެކުދިންނަށް ކާން ދިނުމުގައި އަމަލުކުރަންވީ ގޮތުގެ ސެޝަންތައްވެސް ނަގައިދެވޭނެއެވެ.

ހެލްތު މިނިސްޓްރީއާއި ޔުނިސެފްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އުމުރުން 5 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 17 އިންސައްތަ ކުދިންނަކީ ހުންނަންވާ މިންވަރަށް ވުރެ ބަރުދަން ދަށުގައިހުރި ކުދިންނެވެ. އަދި 22 އިންސައްތަ ކުދިންނަކީ ހުންނަންވާ މިންވަރަށްވުރެ ބަރުދަން އިތުރު ނުވަތަ ފަލަބަލީގެ ކުދިންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ކްލިނިކުގެ އަމާޒަކީ މިފަދަ ސިއްހީ މައްސަލަތަކުން ކުޑަކުދިން ދުރުކޮށް، ސިއްހީ ގޮތުން ދެނެގަންނަންޖެހޭ ކަންކަން ދެނެގަތުން ކަމަށެވެ. އަދި އެކުދިންގެ ކެއުމުގެ އާދަތައް ދެނެގަނެ ސިއްހީ ގޮތުން ރައްކާތެރި އަދި ދުޅަހެޔޮ ގޮތްތަކެއް ކުދިންނަށާއި އެ ކުދިންގެ އާއިލާއަށް ހިއްސާކޮށްދިނުން ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް