ބީއެމްއެލްގެ އާއްމު ހިއްސާދާރުންގެ ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ބީއެމްއެލްގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މި މަގާމަށް ކުރިމަތިލެވޭނެ ކަމަށް އެ ބޭންކުން ބުނެއެވ...

02 Aug 2021 | 14:47

ބީއެމްއެލްގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މި މަގާމަށް ކުރިމަތިލެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ހިންގާ ގަވާއިދުގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ތެރެއިން މަދުވެގެން ތިން ޑިރެކްޓަރުންނަކީ އާންމު ހިއްސާދާރުން އިންތިހާބުކުރާ ޑިރެކްޓަރުންކަމުގައި ވާން ޖެހޭނެ ކަމަށެވެ.

އެ ބޭންކުން މިމަހުގެ 15 ވަނަ ދުވަހު ބޭއްވި އޭޖީއެމްގައި ތިން ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރުން ވަނީ އިންތިހާބުކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވާނެންސް ކޯޑުގައި ބަޔާކޮށްފައިވާ ގޮތުގެ މަތީން ބޭންކުގެ ބޯޑުގައި ޖެންޑަ ޑައިވާސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑުގެ މެންބަރުންގެ ގޮތުގައި އަންހެން ބޭފުޅުން ކުރިމަތިލުމަކީ އެ ބޭންކުން އަބަދު ވެސް މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް