ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު ފަރާތްތަކުން ގުޅިގެން އުފައްދާފައިވާ ހިޔާ ޔޫނިއަން އިން އުރީދޫ މޯލްޑިވްސްގެ އިސްވެރިންނާއި ބައްދަލު ކޮށްފި އެވެ.
އެޔޫނިއަންއިން ބައްދަލުކޮށްފައިވަނީ އުރީދޫ މޯލްޑިވްސް ގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު ނިޔާޒާއި އެވެ. މި ބައްދަލުވުމުގައި ނިޔާޒު ވަނީ ހިޔާ ޔޫނިއަންއިން ކުރަމުންދާ މަސައްކަތްތަކަށް އެ ކުންފުނީގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ހިޔާ ޔޫނިއަންއިން ބުނީ މިއީ ވަރަށް އުންމީދީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.
އެ ޔޫނިއަންއިން ބުނީ މި ބައްދަލުވުމަކީ ހިޔާ ފްލެޓު ލިބުނު މީހުންގެ ހުރި ކަންބޮޑުވުންތައް ކަމާއި ގުޅޭ އެކި ފަރާތްތަކާއި ހިއްސާ ކުރުމުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެ ޔޫނިއަންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލެޓުތަކުގެ ކުލީގެ މައްސަލަ އާއި ފިނިޝިންއަށް ދީފައިވާ މުއްދަތުގެ މައްސަލަ އެވެ. އެ މައްސަލަތައް ފާހަގަކޮށް2،177 މީހުންގެ ސޮޔާއި އެކު އެކި އިދާރާތަކަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ. އެކަމަކު އެ މައްސަލަތަކަށް ހައްލު ނުލިބޭ ކަމަށް އެ ޔޫނިއަންއިން ބުނެ އެވެ.
އެމީހުން އެދެނީ ހިޔާ ފްލެޓް ތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކޮށް، އިންޓީރިއާ ފިނިޝިންއަށް ހޭދަވާ މުއްދަތު 12 މަހަށް އިތުރުކޮށްދިނުމަށެވެ. އަދި ޖުމްލަ އަގުން އިންޓީރިއާއަށް ހޭދަވާ 100،000 ރުފިޔާ މަޢާފް ކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް