ކައިވެނި ކުރިފަހުން އައްޒަ ފުރަތަމަ ފަހަރަށް މުއާގެ ރަށް ވެލިދޫއަށް ގޮސްފި

ދިވެހި ފިލްމީ ދާއިރާގައި މިވަގުތު ހުރި އެންމެ މަޝްހޫރު އަދި ކާމިޔާބު ބަތަލާ މަރިޔަމް އައްޒަ، ފިރިމީހާ އަބްދުﷲ މުއާޒުގެ އުފަން ރަށް، ނ. ވެލިދޫއަށް ގޮސްފި އެވެ. ދެމަފިރިން އެ ރަށަށް ދިޔައީ ވަކިންނެވެ. މ...

02 Aug 2021 | 10:38

ދިވެހި ފިލްމީ ދާއިރާގައި މިވަގުތު ހުރި އެންމެ މަޝްހޫރު އަދި ކާމިޔާބު ބަތަލާ މަރިޔަމް އައްޒަ، ފިރިމީހާ އަބްދުﷲ މުއާޒުގެ އުފަން ރަށް، ނ. ވެލިދޫއަށް ގޮސްފި އެވެ.

ދެމަފިރިން އެ ރަށަށް ދިޔައީ ވަކިންނެވެ. މުއާ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެ ރަށަށް ގޮސްފައިވާއިރު އައްޒަ ވެލިދޫއަށް ގޮސްފައިވަނީ މިއަދު އެވެ.

މިއީ މުއާ އާއި ކައިވެނި ކުރިފަހުން އައްޒަ އެ ރަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އައްޒަ އާއި މުއާއަކީ އެމީހުންގެ ދިރިއުޅުމުގެ ހުރިހާ އުފާވެރިކަމާއި ވަގުތު ހޭދަ ކުރާގޮތް ސޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނާއި ހިއްސާ ކުރާ ދެމީހުންނަށް ވާއިރު މީގެ ކުރިން އައްޒަ އެ ރަށަށް ދިޔަ ވާހަކަ ބުނެފައި ނުވާތީ ބެލެވެނީ މިއީ އައްޒަ މުއާގެ ރަށަށް ކައިވެނި ކުރި ފަހުން ފިޔަ ފުރަތަމަ ފަހަރު ކަމަށެވެ.

އެ ރަށަށް ދިޔަ ފަހުން އިންސްޓަގްރާމްގައި އޭނާގެ ސްޓޯރީ އަޕްޑޭޓް ކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. އައްޒަ ލާފައިވާ ބޫމެރޭންގައި ފެންނަނީ މުއާގެ މަންމަ އެއްޗެއް ފުނޑަށް ހުއްޓައެވެ. އޭގައި އައްޒަ ލިޔެފައިވަނީ "މައިޓު" އެވެ.

އައްޒަ ވެލިދޫއަށް ދިއުމުން މުއާގެ އާއިލާއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެއާއިލާގެ ބައެއް މީހުން ވަނީ އައްޒަ މުއާމެން ގެއަށް ވަދެގެންދާތަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި އެވެ.

އައްޒަގެ މި ދަތުރުގައި އޭނާގެ ދަރިފުޅު އީތަން އިސްމާއިލް ޖުމައިހު ބައިވެރިވި ކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް