ނޫމަޑި މައްސަލައިގައި މުޢިއްޒުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް މާދަމާ

ނޫމަޑި މައްސަލާގައި ކުރީގެ ހައުންސިން މިނިސްޓަރ އަދި މިހާރު މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުއިއްޒު ދޮގު ބަޔާން ދިނުމުގެ ކުށުގެ ދަޢުވާގެ އިބްތިދާޢީ އަޑުއެހުންތައް މާދަމަ ފެށުމަށް ތާވަލުކޮށްފިއެވެ. މި އަޑ...

02 Aug 2021 | 09:48

ނޫމަޑި މައްސަލާގައި ކުރީގެ ހައުންސިން މިނިސްޓަރ އަދި މިހާރު މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުއިއްޒު ދޮގު ބަޔާން ދިނުމުގެ ކުށުގެ ދަޢުވާގެ އިބްތިދާޢީ އަޑުއެހުންތައް މާދަމަ ފެށުމަށް ތާވަލުކޮށްފިއެވެ.

މި އަޑުއެހުންތައް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30އަށެވެ. މިއީ މިމައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމެވެ.

ނޫމަޑި އެގްރިމަންޓް ބާތިލު ކުރިއިރު ހައުންސިން މިނިސްޓަރަކަށް ހުންނެވީ މުއިއްޒެވެ. އެމައްސަލައިގައި މުއިއްޒު ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުން މުއިއްޒު ދޮގު މައުލޫމާތު ދިން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މުއިއްޒު ހާޒިރު ކުރީ، އެ މައްސަލައިގައި ނޫމަޑިއާ އެއްކޮޅަށް އާބިޓްރޭޝަންގައި ބަޔާން ދިން ކަމަށް ބުނެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސީޒް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލަ އާބިޓްރޭޝަނުން ބަލަމުންދަނިކޮށް، ކޯޓުން ބޭރުން އެކުންފުންޏަށް ފައިސާ ދިން މައްސަލައިގައި ސުވާލުކުރުމަށް ފިނޭންސް މިނިސްޓަރު އިބުރާހީމް އަމީރުވެސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.

ނޫމަޑިން ބަދަލު ހޯދަން އެދުނީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރުމަށްޓަކައި ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ތަރައްގީކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް