1400 ބޮޑީ ވޯން ކެމެރާ ހޯދުމުގެ މަސައްކަތް ފަށައިފި

ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ބޭނުންކުރުމަށް 1400 ބޮޑީ ވޯން ކެމެރާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ފްރޮންޓްލައިން ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ސަޕްލަ...

02 Aug 2021 | 09:29

ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ބޭނުންކުރުމަށް 1400 ބޮޑީ ވޯން ކެމެރާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ފްރޮންޓްލައިން ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ސަޕްލައި ކޮށްދޭން، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ، މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައި.ސީ.ބީ އުސޫލުން ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް  1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 390،000 ރުފިޔާ ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ފުލުުހުންގެ ބޭނުމަށް 1400 ބޯޑީ ވޯން ކެމެރާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިފަދަ ކެމެރާ ބޭނުންކުރުމުގެ ޓްރައަލްތަކެއް ނުވަތަ އަޖުމަ ބެލުމުގެ މަސައްކަތްތަކެއް މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ވަނީ ކޮށްފައެވެ.

މިކަމާގުޅިގެން އޭރު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ، ދިވެހި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފުލުހުންގެ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފަމުން އަންނަކަން އެމަނިފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް