އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން ވިސާ އެޕްލިކޭޝަންތައް މިއަދު ބަލައިގަންނަން ފަށައިފިއެވެ.
މި ސެންޓަރު ހުޅުވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ހިންގާ ފަތުހުﷲ ޖަމީލް ބިލްޑިންގައި އެވެ.
މި ސެންޓަރު ހުޅުވާފައި ހުންނާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން، ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކުގެ ޑޮކިއުމަންޓްތައް ބަލައިގަތުމާއި، ބަޔޯމެޓްރިކްސް އެންރޯލްމަންޓް ކުރިއަށްދާނެއެވެ.
ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް އިނގިރޭސިވިލާތުން ހުޅުވާފައިމިވަނީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް، ވަކިން ޚާއްސަކޮށް މަތީ ތައުލީމަށް އެގައުމަށް ދަތުރުކުރާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ގޮތެއްގައި ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.
މި މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ފޮރިން މިނިސްޓްރީ އިން ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް