ސަރުކާރާ އިދިކޮޅު ފަރާތްތައް ކަމަށް ވާ ޕީޕީއެމް/ޕީއެންސީއާ ގުޅެން ޖުމްހޫރީ ޮާޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިސްނުމެއް ނެތްކަން ހާމަވެއްޖެއެވެ.
"މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި އިދިކޮޅުން ފެށި ކެމްޕޭނުގައި ދާދި ފަހުން ވާހަކަ ދައްކަވަމުން ޕީޕީއެމް/ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް ވަނީ އިދިކޮޅުގެ ހަރަކާތުގައި، ގާސިމް ވެސް ހިމެނޭ ގޮތަށް ކޯލިޝަަންގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވަން ދައުވަތު ދެއްވައިފައެވެ.
އެ ދައުވަތާ ގުޅިގެން ގާސިމް މީޑިއާގައި ވިދާޅުވީ، އިތުރު ބަޔަކާއެކު މަސައްކަތްކުރާ ނަމަ އެކަން ނިންމާނީ ޕާޓީގެ ތެރޭގައި މަޝްވަރާ ކުރެވި ކައުންސިލުން ކަމަށެވެ.
އެކަމަކު އަދި ސަރުކާރު ކޯލިޝަން ފިޔަވައި އިތުރު އެހެން ބަޔަކާއި ގުޅިގެން މާއަވަސް ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވަނީ ހައްގު މިންވަރު ނުލިބުނަސް ޖޭޕީ ދެމި އޮންނާނީ ކޯލިޝަންގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެވަޑައިގެންނެވި ވައުުދު ފުއްދަން އެމަނިކުފާނަށް އެހީތެރިވުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް