މާލޭގައި ހުންނަ ބީއެމްއެލްގެ ބްރާންޗްތަކަށް ދާއިރު ކިއުބީ އެޕްއިން ޓޯކަން ނެގުމަށް އެދިއްޖެ

މާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތަކަށް ދާއިރު، ކިއުބީ މޯބައިލް އެޕް މެދުވެރިކޮށް ޓޯކެން ނެގުމަށް ބޭންކުން އެދިއްޖެއެވެ. ބީއެމްއެލްއިން ބުނީ މާލޭގައި...

02 Aug 2021 | 07:25

މާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތަކަށް ދާއިރު، ކިއުބީ މޯބައިލް އެޕް މެދުވެރިކޮށް ޓޯކެން ނެގުމަށް ބޭންކުން އެދިއްޖެއެވެ.

ބީއެމްއެލްއިން ބުނީ މާލޭގައި ހުންނަ އެ ބޭންކްގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތަކުން މިވަގުތު ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމަށް ކަސްޓަމަރުން ދާއިރު، އެކަމާއި ގުޅޭގޮތަށް ކިއުބީ އެޕްއިން ޓޯކެންއެއް ނެގުމަށް އެދޭކަމަށެވެ.

އަދި މިފަދައިން ޓޯކެންއެއް ނެގުމަށްފަހު ބޭންކަށް ހާޒިރުވާނީ، ތިމާ ދެ ކަސްޓަމަރުންނަށްވުރެ ފަހަތަށް އިނުމުންކަމަށްވެސް ވަނީ ބުނެފައެވެ.

މިއީ އިޖްތިމާއީ ގައިދުރުކަމުގެ އުސޫލުތައް ތަންފީޒުކުރުމުގެ ގޮތުން އަމަލުކުރަންޖެހޭ އުސޫލެއްކަމަށް ބޭންކުން ވަނީ ބުނެފައެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ ގައުމީ ބޭންކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް