ހަދާނެ ގޮތެއް ނޭނގިގެން މަޑުނުކުރޭ: އެޗްޕީއޭގެ ހެލްޕް ޑެސްކުތަކަށް ދިއުމުން އެޕޮއިންޓްމެންޓު ހައްދައިދޭނެ

ކޯވިޑް-19 ވެކްސިން ޖަހަން އޮންލައިންކޮށް އެޕޮއިންޓްމެންޓު ހައްދަން އުނދަގޫވެ ނުވަތަ އެކަން ކުރަން ނޭނގިގެން ވެކްސިން ޖަހަން ނުގޮސް ނުތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ...

02 Aug 2021 | 05:09

ކޯވިޑް-19 ވެކްސިން ޖަހަން އޮންލައިންކޮށް އެޕޮއިންޓްމެންޓު ހައްދަން އުނދަގޫވެ ނުވަތަ އެކަން ކުރަން ނޭނގިގެން ވެކްސިން ޖަހަން ނުގޮސް ނުތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ބުކިން ހެއްްދުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް ހުރިހާ ވެކްސިން ސެންޓަރުތަކެއްގައި ހެލްޕް ޑެސްކު ބެހެއްޓިފައި ހުންނާނެ ކަމަށެވެ.

އަދި ރެޑް ކްރެސެންޓުން ސަލްޓަން ޕާކުގައި ބަހައްޓާފައި ހުރި ހެލްޕް ޑެސްކުން ދިވެހިންނާއި ބިދޭސީންނަށް އެޕޮއިންޓްމެންޓު ހެއްދުމުގައި އެހީތެރިވަމުންދާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ޖަހަދެމުން ދަނީ ސިނޮފާމް ވެކްސިން އާއި އެސްޓްރަޒެނިކާ ވެކްސިން އެވެ.

މި ދެ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެސްޓްރަޒެނިކާ ދެވަނަ ޑޯޒުގެ ގޮތުގައި ޖަހައިދެމުން ދަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށެވެ.

އެޗްޕީއޭއިން މައުލޫމާތުދޭގޮތުގައި ރާއްޖޭގެ ވެކްސިން ޖަހާ އާބާދީގެ ހުރިހާ އެންމެންނަށް ވެކްސިންދޭވަރަށް މިހާރު ރާއްޖޭގައި ކޯވިޑް-19 ވެކްސިން އެބަހުއްޓެވެ. އަދި އަމާޒަކީ މި މަސް ނިމުގެ ކުރިން90 ޕަސެންޓު މީހުންނަށް ވެކްސިން ދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް