ސްޓާ ޕްލަސްއިން ކުރިން ދެއްކި މަޝްހޫރު ސިލްސިލާތަކުން އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ނަކުލް މެހެތާ އާއި އެކު ޑްރާމާ ސިލްސިލާއެއް ކުޅެން ލިބުނު ފުރުސަތު ދިވްޔަންކާ ދޫކޮށްލައިފި އެވެ.
އެ ދެމީހުންނަށް ލީޑް ރޯލު ހުށަހެޅީ ސޮނީ ޓީވީން މިދިޔަ އަހަރު ދެއްކި ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" އިންނެވެ. އެ ރޯލު އެ ދެތަރިންނަށް ހުށަހެޅުމާއި އެކު ގިނަ ބަޔަކު ވަނީ ދެ މީހުން ސްކީރް ޖޯޑުގެ ގޮތުގައި ނުގުޅޭ ކަމަށް ބުނަން ފަށާފައި އެވެ.
އެކަމާއި ގުޅޭގޮތުން ނަކުލް ބުނެފައިވަނީ އޭނާގެ އެއްވެސް މައްސަލައެއް ނެތް ބަތަލާ އާއި މެދު ނެތް ކަމަށެވެ. އެކަމަކު އަދި ރަސްމީކޮށް އެ ސިލްސިލާގެ ޕްރޮޑަކްޝަން ޓީމަށް ޖަވާބެއް ދީފައެއް ނުވެ އެވެ.
ނަކުލް ޖަވާބު ދިނުމުގެ ކުރިން މިހާރު ވަނީ ދިވްޔާ އޭނާ އާއި އެކު އެއް ސިލްސިލާއެއްގައި ބައިވެރިންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުން ނުވާކަން ހާމަކޮށްފައި އެވެ. އަދި އޭނާ ވަނީ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ކުޅެން ބޭނުން ނުވާ ކަމަށް ބުނެ ލިބުނު ފުރުސަތު ދޫކޮށްލާފައިވާކަން ހާމަކޮށްފަ އެވެ.
ދިވްޔަންކާ ބުނީ ފުރުސަތު ލިބުމުން އާންމުންގެ ފަރާތުން ކިޔާފައިވާ ފާޑުކިޔުންތަކަކީ ރަނގަޅު ފާޑުކިޔުންތަކެއް ކަމަށް އޭނާވެސް ގަބޫލު ކުރާ ކަމަށެވެ. އަދި އާއިލާ އިންވެސް ލަފާ ދީފައިވަނީ ނަކުލް އާއި ދެ މީހުން ސްކްރީންގައި ޖޯޑުންގެ ގޮތުގައި މަސައްކަތް ކުރަން ނުގުޅޭ ކަމަށް ކަމަށެވެ.
ދިވްޔަންކާ ބުނީ ނަކުލް އާއި އޭނާ އާއި ދެމެދު އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް ކަމަށެވެ. އެކަމަކު ޑްރާމާއެއް ނުވަތަ ފިލްމެއްގައި ބައިވެރިންގެ ގޮތުގައި ދައްކާ އަންހެން މީހާ އާއި ފިރިހެން މީހާ އަކީ ބަލާލާއިރު ގުޅޭ ދެމީހުންނަށް ވާންޖެހޭނެ ކަމަށެވެ.
އޭނާ ބުނީ މިގޮތަށް ނިންމީ ނަކުލް އާއި އެކު ސްކްރީން ޓެސްޓުވެސް ހެދުމަށް ފަހު ކަމަށެވެ. އެ ޓެސްޓުންވެސް އޭނާއަށް ފާހަގަވީ އޭނާ ބަލާލަން ނަކުލްއަށްވުރެ ދުވަސްވެ މުސްކުޅި ވައްތަރު ޖަހާކަމެވެ.
ދިވްޔަންކާ ބުނީ ފާޑުކިޔާ މީހުންގެ ކޮމެންޓުތައް ބަލައިގެންނަން ނިންމީ އެހެންވެ ކަމަށެވެ. އޭނާ ބުނީ ފުރަތަމަ މީހުން އެހެން ކިޔަންފެށުމުން ހައިރާންވެ އެހެންވެދާނެތޯ ހިތަށް އެރި ކަމަށެވެ.
ދިވްޔަންކާ އެންމެ ފަހުން ފެނިގެން ދިޔައީ ރިއަލިޓީ ޝޯ "ހަތްރޯން ކޭ ކިލާޑީ 11" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް