ފުވައްމުލަކު ސިޓީން ފެނާއި ކަރަންޓް ކެނޑިއްޖެ

ފުވައްމުލަ ސިޓީ އިން ރޭ ފަތިހު ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑިއްޖެއެވެ. ފެނާއި ކަރަންޓްގެ ހިދުމަތް މެދުކެނޑުނީ އިންޖީނުގެ ހައި ވޯލްޓޭޖު މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން ކަަމަށް ފުވައްމ...

02 Aug 2021 | 04:32

ފުވައްމުލަ ސިޓީ އިން ރޭ ފަތިހު ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

ފެނާއި ކަރަންޓްގެ ހިދުމަތް މެދުކެނޑުނީ އިންޖީނުގެ ހައި ވޯލްޓޭޖު މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން ކަަމަށް ފުވައްމުލަކަށް ފެނަކަ ގޮފިން އެރަށު ކޮމިއުނިޓީ ވައިބާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައި ވެއެވެ.

ފޯމަރުގެ ބަދަލުގައި އާ ފޯމަރެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ނަމަވެސް ފެނަކަ އިން ބުނާ ގޮތުގައި މައްސަލަ ހައްލުކޮށް އަލުން ހިދުމަތްތައް ފަށަން 24 ގަޑިއިރަށް ވުރެ ގިނަ އިރު ނަގާނެ އެވެ.

ފުވައްމުލަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ފޯމަރު ހުރީ އައްޑޫ ސިޓީގައެވެ.

އެ ފޯމަރަކީ 8 ޓަނުގެ އެއްޗަކަށް ވާތީ އައްޑޫން ފުވައްމުލަކަށް ފޯމަރު ގެންދަން ވަގުތުކޮޅެއް ބޭނުންވާ ކަމަށް ފުވައްމުލަކު ފެނަކަ ގޮފިން ބުނެއެވެ.

މިހާރު ލޯ ވޮލްޓޭޖުގައި ފުވައްމުލަކުގެ ބައެއް ގޭގެ އަށް ކަރަންޓު ދިން ނަމަވެސް އެއީ %30 ގެއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް