އަނގޮޅިތީމު ބަނދަރުގެ ދެބައިކުޅައެއްބައި މަސައްކަތް ނިންމައިފި

ރ.އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ50 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދާ މަސަ...

02 Aug 2021 | 04:04

ރ.އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ50 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެއްގަމުތޮށި ލުމުގެ މަސައްކަތް މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ. ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 55 ޕަސެންޓް މަސައްކަތް މިހާތަނަށް ނިންމާލެވިފައިވާ ކަމަށް ބުނެ އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެ ކަމަށެވެ. އަދި 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.

މީގެ އިތުރުން 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ ކަމަށް މައުލޫމާތުދެ އެވެ. އެމްޓީސީސީން ބުނީ މަޝްރޫއު އެއްކޮށް ނިމޭއިރު 1110 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުންވެސް ހިމެނޭ ކަމަށެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 40.7 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް