ޖެންޑަރ މިނިސްޓްރީ އަށް ސްޓޭޓް މިނިސްޓަރަކު އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް ޖެންޑަރ އަށް ސްޓޭޓް މިނިސްޓަރަކު އައްޔަން ކުރައްވައިފި އެވެ. ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނު ކުރައްވާފައިވަ...

02 Aug 2017 | 06:43

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް ޖެންޑަރ އަށް ސްޓޭޓް މިނިސްޓަރަކު އައްޔަން ކުރައްވައިފި އެވެ.

ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނު ކުރައްވާފައިވަނީ ވިލިނގިލި، ފާންތަރި، ޑރ މަރްޔަމް ޖަބީން އެވެ. މި މަގާމަށް ޖަބީން އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

މި މަގާމަށް ޖަބީން އައްޔަނުކުރައްވާފައިވާއިރު އޭނާ ކުރިން ހުންނެވީ  މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓެރީގެ މަގާމުގަ އެވެ. ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ޖަބީން އައްޔަނުކުރެއްވީ ކުރިން ހުންނެވި މަގާމުން ވަކި ކުރެއްވުމަށްފަހުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް