ދިވެހި މަސްހުނި މޮޑޭނެގޮތް އިޓަލީގެ ގައުމީ ޓީވީން ދައްކައިފި

ދިވެހި މަސްހުނި މޮޑޭނެގޮތް އިޓަލީގެ ގައުމީ ބްރޯޑްކާސްޓިން ޗެނަލް ރާއި ޓީވީން ދައްކައިފި އެވެ. މަސްހުނި މޮޑޭނެގޮތް ދައްކާފައިވަނީ އެ ޓީވީން އިއްޔެ ދެއްކި ޕްރޮގްރާމެއްގެ ސެގްމެންޓެއްގަ އެވެ. އެ ސެގްމެން...

02 Aug 2015 | 15:10

ދިވެހި މަސްހުނި މޮޑޭނެގޮތް އިޓަލީގެ ގައުމީ ބްރޯޑްކާސްޓިން ޗެނަލް ރާއި ޓީވީން ދައްކައިފި އެވެ.

މަސްހުނި މޮޑޭނެގޮތް ދައްކާފައިވަނީ އެ ޓީވީން އިއްޔެ ދެއްކި ޕްރޮގްރާމެއްގެ ސެގްމެންޓެއްގަ އެވެ. އެ ސެގްމެންޓަކީ އިޓަލީގެ ޒުވާން އަންހެނެއް ކަމަށްވާ ކްލޯޑިއާ ސްޓިއާއްޓީ (Claudia stiatti) އަދި އޮރިއެއްޓާ މަފެއި (Orietta Mafei) ދިވެހި ކެއުންތައްޔާރު ކުރާނެގޮތާބެހޭގޮތުން ނެރެފައިވާ "ޓޭސްޓް އޮފް މޯލްޑިވްސް" ފޮތާއި ބެހޭގޮތުން ގެނެސްދިން ސެގްމެންޓެކެވެ.

އެ ސެގްމެންޓްގައި މި ފޮތް ލިޔުނު ކްލޯޑިއާގެ އިތުރު ދިވެހި ދެ ކަނބަލަކުވެސް ބައިވެރި ވި އެވެ. މަޝްހުނި މޮޑޭނެގޮތް ދައްކުވައިދިނީ އެތަނުން ދިވެހި ކަނބަލެކެވެ.

އެ ޕްރޮގްރާމުން ދައްކުވައިދޭ މޭޒުގެ މަތީގައި ދިވެހި ބައެއް ކެއުންތައް އަތުރާލާފައިވާއިރު ހުނި ރޮއްޓާއި، ފެލިވަރު މަސްދަޅާއި، މަސްމިރުހާއި މަސްރޮށި، އަލަ އަދި ބަތް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް