މުލަކު ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފި

މ.މުލަކު ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފި އެވެ. ފުލުހުން ބުނީ އަތޮޅު ތެރޭގެ ސްޓޭޝަންތަކުންވެސް ރިޕޯޓް ދޫކުރަން ފަށަނީ ޒުވާނުން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަ...

02 Aug 2015 | 14:00

މ.މުލަކު ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އަތޮޅު ތެރޭގެ ސްޓޭޝަންތަކުންވެސް ރިޕޯޓް ދޫކުރަން ފަށަނީ ޒުވާނުން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީ ވަޒީފާގެ ކަންކަމަށް އަހުލުވެރިކޮށް ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ކަންކަމަށް ފަސޭހަ މާޙައުލެއް ޤާއިމް ކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން  ކަމަށެވެ.

މުލަކު ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. ޕޮލިސް ރިޕޯޓު ދޫކުރުމަށް ފަށާފައި ވަނީ މ.މުލަކު  ޕޮލިސް ސްޓޭޝަނަށް 5 އަހަރު ފުރުމާ ދިމާކޮށް ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިންނެވެ.

މި ޚިދުމަތަކީ ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުންދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބިދެވޭ ޚިދުމަތެއް ކަމަށް ފުލުހުން ބުނެ އެވެ.

ޖުލައި 26 ވަނަ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ރިޕޯޓު ރަސްމީކޮށް ދޫކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މުލަކު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް އާއި ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ނަސީރު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ނަސީރު ވިދާޅުވީ މިއީ ރައްޔިތުން ވަރަށް ބޭނުންވެފައި އޮތް ޚިދުމަތެއް ކަމެއްކަމަށާއި އަވަހަށް ޕޮލިސް ރިޕޯޓް ލިބުމުގެ ފަސޭހަކަން ލިބިގެން ދިއުމަކީ ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށެވެ. އަދި ޕޮލިސް ރިޕޯޓް ފަދަ މުހިއްމު ޚިދުމަތެއް އެކަމަށް ބޭނުންވެލައްވާފައިވާ ފަރާތްތަކަށް ރަށުގައިތިބެ ލިބިގެން ދިއުމަކީ މިކަމަށް ރައްތިޔުން ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް ކުޑަވެގެން ދާނެކަމެއްކަމުގައި ވިދާޅުވިއެވެ.

ޕޮލިސް ރިޕޯޓްތައް މާލޭގެ އިތުރުން ރާއްޖޭގެ ޕޮލިސް ޑިވިޜަންތަކުގައި ހިމެނޭ އެކި ޕޮލިސް ސްޓޭޝަންތަކުން ދޫކުރަމުންދާނެ ކަމަށް ފުލުހުން ހާމަ ކުރެ އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މިއީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ބިނާކުރަނިވި ގޮތްތައް ބޭނުން ކުރުމާއި ޓެކްނޮލޮޖީ އާއި ވަޞީލަތުގެ ފުރިހަމަ ބޭނުން ހިފުމަށް ފުލުހުންގެ ބިޒްނަސްޕްލޭންގައިވާ ލަނޑުދަނޑިއަށް ވާޞިލްވުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް