ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދާހަމަ ޢަދަދުތައް އިލެކްޝަންސް ކޮމިޝަނުން މިރޭ ހާމަކޮށްފިއެވެ.
އަދާހަމަ ޢަދަދުތަކަށް ބަލައިލާއިރު މެންބަރުން އެންމެ ގިނައީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައެވެ. އެ ޕާޓީގެ މެންބަރުންގެ ޢަދަކަކީ 68،665 އެވެ. މެންބަރުންގެ ޢަދަދު އެންމެ މަދީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އަދީބުގެ ޕާޓީ)ގައެވެ. އެ ޕާޓީގައި މެންބަރުން އަދާހަމަ ޢަދަދަކީ 2،272 އެވެ.
އިދިކޮޅު ސިޔާސީ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންގެ އަދާހަމަ ޢަދަދަކީ 43،765 އެވެ.
މެންބަރުން ޢަދަދުން ބަލާނަމަ 13،456 މެންބަރުންނާއެކު ޖުމްހޫރީ ޕާޓީ ތިންވަނައިގާ އޮތް އިރު ހަތަރުވަނައަށް އެންމެ މެންބަރުން ގިނައީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައެވެ. އެ ޕާޓީގެ އަދާހަމަ މެންބަރުންގެ ޢަދަދަކީ 9،011 އެވެ.
އެހެނިހެން ޢަދަދުތައް
- ޢަދާލަތު ޕާޓީ – 8،844
- މޯލްޑިވްސް ނެޝަނަލް ޕާޓީ – 5،836
- ދަ ޑިމޮކްރެޓްސް – 3،547
- ޕީޕަލްސް ނޭޝަނަލް ފްރަންޓް – 3،046
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދުތަކުގެ އަދާދަހަމަ ޢަދަދުތަކާއެކު އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފައިވަނީ އެ ކޮމިޝަނުން ބަލަހައްޓަމުންގެންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަނީ އީ-ފާސް މެދުވެރިކޮށް މި ކޮމިޝަނުގެ ޕޯޓަލް "my.elections.gov.mv" އަށް ކަމަށާއި އަލަށް ގެނެވުނު ބަދަލުތަކާއެކު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރާގުޅޭގޮތުން ހުށަހަޅަމުންދާ މައްސަލަތައް މިހާރު ވަނީ ހުއްޓިފައި ކަމަށެވެ.
އެ ކޮމިޝަނުގެ މައި ޕޯޓަލްގެ ގިނަ ޚިދުމަތްތައް މިހާރު އާންމު ރައްޔިތުން ބޭނުންކުރަމުން އަންނަކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނެފައިވަނީ އެގޮތުން ޕާޓީއަށް ވަނުމާއި ވަކިވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ނޫޅޭކަމުގެ ލިޔުންވެސް މިހާރު އާންމު ރައްޔިތުންނަށް ދޫކުރަނީ މައި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް