އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން 30 ސްކޮލާޝިޕް ފުރުސަތު އެމްއެމްއޭ އިން ހުޅުވާލައިފި

އިސްލާމިކް ފައިނޭންސިންގެ ދާއިރާ އިން 30 ސްކޮލާޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ހުޅުވާލައިފިއެވެ. މިކަންހާމަކޮށްފައި ވަނީ އެމްއެމްއޭއިން އިއްޔެ އެކްސްގައި ކ...

02 Jul 2025 | 08:46

އިސްލާމިކް ފައިނޭންސިންގެ ދާއިރާ އިން 30 ސްކޮލާޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ހުޅުވާލައިފިއެވެ.

މިކަންހާމަކޮށްފައި ވަނީ އެމްއެމްއޭއިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެމްއެމްއޭ އިން ކުރި ޕޯސްޓުގައި ބުނީ މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން ސްކޮލާޝިޕްތަކަށް ހުޅުވާލީ އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް ޕްރޮގްރާމްގެ ދަށުން ކަމަށް އެމްއެމްއޭ އިން ބުނެފައި ވެއެވެ.

މި ސްކޮލަަޝިޕް ޕްރޮގްރާމްގެ މަގުސަދަކީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއެރުވުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

އެމްއެމްއޭއިން ހުޅުވާލާފައިވާ ސްކޮ؛ަޝިޕް ފުރުސަތުތަކުގެ ތެރެއިން އެކްޒެކެޓިވް މާސްޓާސްއިން އިސްލާމިކް ފައިނޭންސް ސްކޮލާޝިޕްތަކަށް ކުރިމަތިލާ މީހުންނަކީ 18 އަހަރާއި 40 އަހަރުގެ ދެމެދުގެ މީހުނަށް ވާންވާނެ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ފަރާތްތަކަކީ އިކޮނޮމިކްސް، ބިޒްނަސް ނުވަތަ މެތަމެޓިކްސް، އެކައުންޓިންއިން އޭލެވެލް އިމްތިހާނުގައި ފާސްވެފަައިވާ މީހުނަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެެއެވެ.

ބާކީހުރި ސްކޮލަޝިފްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ކޯހާ ގުޅޭ ދާއިރާއަކުން ލެވެލް ހަތެއް ނޫނީ އަށެެއްގެ ސެޓްފިކްޓެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށްވެސް އެމްއެމްއޭއިން ބުނެފައި ވެއެވެ.

އެމްއެމްއޭއިން ހުޅުވާލި ސްކޮލާޝިޕްތައް:

  • އެގްޒެކެޓިވް މާސްޓާސްއިން އިސްލާމިކް ފައިނޭންސް - ޔުނިވާސިޓީ އޮފް މެލޭޝިއާ (ފަސް ސްކޮލާޝިޕް)
  • މައިކްރޯ - ސެޓިފިކޭޝަން ފްރޮމް އީއެމްއައިއެފް (އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން ފޯ އިސްލާމިކް ފައިނޭންސް) މެލޭޝިއާ (ފަސް ސްކޮލާޝިޕް)
  • ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިން އެންޑް ފައިނޭންސް (ސީއެސްއީބީއެފް) ޔުނިވާސިޓީ އޮފް ސެލެންގޯރް، (ޔޫއައިއެސް) މެލޭޝިއާ (20 ސްކޮލާޝިޕް)

މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 11:59 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް