ދިރާގު ކަސްޓަމަރުންނަށް ސްވިޒަރލޭންޑް، މެލޭޝިއާ ނުވަތަ ޝަންގހައި ޑިޒްނީލޭންޑަށް ދިއުމުގެ ފުރުސަތު

ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ރާއްޖޭން ބޭރުގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ރަނުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މި އޮފަރގެ ދަށުން ސްވިޒަރލޭންޑަށް ދެ މީހުން ދިއުމުގެ ފުރުސަތު، ޝަންގހައި ޑިޒްނީލ...

02 Jul 2025 | 08:31

ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ރާއްޖޭން ބޭރުގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ރަނުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި އޮފަރގެ ދަށުން ސްވިޒަރލޭންޑަށް ދެ މީހުން ދިއުމުގެ ފުރުސަތު، ޝަންގހައި ޑިޒްނީލޭންޑަށް އައިލާއާއެކު (2 މީހުންނާއި 2 ކުޑަކުދިން) ދިއުމުގެ ފުރުސަތު އަދި މެލޭޝިއާއަށް ދެ މީހުން ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިރާގުން ބުނެފައިވާގޮތުގައި މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް ހޮވުމައް ހަމަޖެހިފައިވަނީ ދިރާގު ޕޯސްޓްޕެއިޑް 450 އިން މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑްކުރާ ނުވަތަ ދިރާގު ލިމިޓެއްނެތް ފައިބަރ ޕެކޭޖަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީ ޑްރޯއެއް މެދުވެރިކޮށެވެ. މި ފުރުސަތު ދިރާގުގެ މިހާރުގެ ކަސްޓަމަރުންނަށް އަދި އައު ކަސްޓަމަރުންނަށް 30 ޖުލައި 2025 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.

އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު އެކި ޕޯސްޓްޕެއިޑް އަދި ލިމިޓެއްނެތް ފައިބަރ ޕެކޭޖްތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް