އުކުޅަހު ބަޔަކު 15 ވަރަކަށް ކިލޯގެ ހުދަންބަރު މާވަހަރެއް ހޮވައިފި

އުކުޅަހަށް ނިސްބަތްވާ ބަޔަކު އިއްޔެ 15 ވަރަކަށް ކިލޯގެ ހުދަންބަރު މާހަވަރެއް ހޮވައިފިއެވެ. މާވަހަރު ފެނުނު މީހުންގެ ތެރެއިން އެކަކު ކަމުގައިވާ، އުކުޅަހަށް ނިސްބަތްވާ އަލީ ޝަހީމް ހަސަން (ކެންޓޭ) ދުވަހަ...

02 Jul 2025 | 04:45

އުކުޅަހަށް ނިސްބަތްވާ ބަޔަކު އިއްޔެ 15 ވަރަކަށް ކިލޯގެ ހުދަންބަރު މާހަވަރެއް ހޮވައިފިއެވެ.

މާވަހަރު ފެނުނު މީހުންގެ ތެރެއިން އެކަކު ކަމުގައިވާ، އުކުޅަހަށް ނިސްބަތްވާ އަލީ ޝަހީމް ހަސަން (ކެންޓޭ) ދުވަހަށް މަޢުލޫމާތު ދެމުން ބުނީ އެ މާވަހަރު ފެނުނީ ކުރަމަތި ރިސޯޓާއި ތޮއްޑުއާއި ދޭތެރެއިން ކުރަމައްޗާއި ތަންކޮޅެއް ކައިރިން "ފަރުކޮޅު" ކިޔާ ސަރަހައްދުން ކަމަށެވެ.

"ސްޕޯޓްސް ފިޝިންގ އަށް ދޮށި އުކާލަން ނިކުމެ އުޅެނިކޮށް އިއްޔެ ހަވީރު 05:20 ހާއިރު ފެނުނީ، މަށާ އެހެން ދެ މީހަކާ އުޅުނީ" ކެންޓޭ ބުންޏެވެ.

ކެންޓޭ ބުނީ ބަރުދަނުގައި 12 ކިލޯ އާއި 15 ކިލޯއާއި ދެމެދުގެ ބަރުދަން ހުންނާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ މާވަހަރެއް ކަމަށް، އެ އަންދާ ވަސްބަލާ ހަދާ ރަށުގެ ކަމުވޮށިގެންވާ މީހުން ބުނާ ކަމަށެވެ. އަދި މާވަހަރެއްކަން ކަށަވަރުކުރަން ހަދަންޖެހޭ ޓެސްޓް ހެދުމަށް ރާއްޖެއިން އެކަން ކުރަނީ ކޮންބައެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ކެންޓޭ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް