އިންޑިއާގައި ހުރި ދިވެހި އަންހެނެއްގެ ޑޮލަރުތަކެއް ވަގަށްނެގި ނޭޕާލު މީހަކު ހައްޔަރު !

ބޭސްފަރުވާ ދަތުރެއްގައި އިންޑިއާގައި ހުރި ދިވެހި އަންހެނެއްގެ އަތުން 1500 ޑޮލަރު ވަގަށްނެގި ކަމުގެ ތުހުމަތުގައި ނޭޕާލަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ. އިންޑިއާ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތ...

02 Jul 2025 | 04:15

ބޭސްފަރުވާ ދަތުރެއްގައި އިންޑިއާގައި ހުރި ދިވެހި އަންހެނެއްގެ އަތުން 1500 ޑޮލަރު ވަގަށްނެގި ކަމުގެ ތުހުމަތުގައި ނޭޕާލަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އަންޖަން ނަމަކަށްކިޔާ ނޭޕާލަށް ނިސްބަތްވާ އެ މީހާއަކީ އިންޑިއާގެ ކޮޗިން އަށް ބޭސްފަރުވާގެ ދަތުރެއްގައި ގޮސް އުޅުނު ދިވެހި އަންހެނަކަށް އެހީތެރިވާން އުޅުނު މީހެކެވެ. ދިވެހި އަންހެން މީހާ ގޮސް އުޅުނީ އޭނާގެ ބައްޕަގެ ބޭސްފަރުވާގެ ކަންކަމަށް ކަމުގައި ބުނެފައިވެއެވެ.

ދިވެހި އެ އަންހެން މީހާ އެހީތެރިއެއްގެ ގޮތުގައި އަންޖަން ޚިޔާރު ކުރީ އެފަދަ އެހީދޭ އޭޖެންސީއެއް މެދުވެރިކޮށް ކަމަށާއި އެއް ދުވަހަކު 1500 ޑޮލަރު ހިފައިގެން އަންޖަން ފިލީ ކަމަށްވެސް އިންޑިއާގެ ތާނޭ ފުލުހުންނާއި ހަވާލާދީ އިންޑިއާ މީޑިއާއިން ބުނެއެވެ.

އަންޖަން އެ ފައިސާ ވަގަށް ނަގައިގެން ފިލީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހުގައެވެ. ނަމަވެސް އޭނާގެ ފޯނު ނިއްވާލާފައި އޮތުމުން އަންޖަން އަތުލައިގަތުމުގައި އިންޑިއާގެ ފުލުހުންނަށް ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ.

ދުވަސްތަކެއް ފަހުން އަންޖަންގެ ފޯނު އޮން ކުރުމުން އަންޖަން އަތުލައިގަނެފައިވަނީ ތާނޭގެ ރިސޯޓެއްގައި ކައްކާއެއްގެ ވަޒީފާގައި އުޅެނިކޮށެވެ.

1500 ޑޮލަރު ނެގި ކަމަށް އަންޖަން އެއްބަސްވެފައިވާއިރު އެ ފައިސާގެ ބޮޑު ބައެއް އަންޖަންގެ ޢާއިލާއަށް ފޮނުވާފައިވާކަމަށް އަންޖަން ބުނެފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް