ކަރެކްޝަންސްގެ މުވައްޒަފުންނަށް އެތެރޭގެ ތަހުގީގުތަކާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ނެޝަނަލް ކޮލެޖް ފޯ ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އާ ގުޅިގެން، "އިންޓަރނަލް އިންވެސްޓިގޭޝަން ޓްރޭނިންގ ޕްރޮގްރާމް"އެއް ހިންގައިފި...

02 Jul 2024 | 17:32

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ނެޝަނަލް ކޮލެޖް ފޯ ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އާ ގުޅިގެން، "އިންޓަރނަލް އިންވެސްޓިގޭޝަން ޓްރޭނިންގ ޕްރޮގްރާމް"އެއް ހިންގައިފިއެވެ.

ކަރެކްޝަންސް އިން ބުނެފައިވާގޮތުގައި މި ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން، މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެންސީޕީއެލްއީގެ އެގްޒަކަޓިވް ޑައިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން، ހެޑް އޮފް ސެންޓަރ ފޯ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސް ސްޓަޑީޒް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވެސް ބައިވެރިވެލެއްވިއެވެ.

ޖޫން 2024 އިން 02 ޖުލައި 2024 ގެ ނިޔަލަށް ކުރިއަށްދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި އެމްސީއެސްގެ 30 އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވިކަމަށާއި މި ތަމްރީން ޕްރޮގްރާމް ހިންގުމިގެ މަގްޞަދަކީ އެކިއެކި ކަންކަމާ ގުޅިގެން ކުރިއަށްގެންދާ އެތެރޭގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އެކަމުގައި ހަރަކާތްތެރިވާ އޮފިސަރުންނާއި މުވައްޒަފުން އަހުލުވެރިކޮށް، އެކަމަގެ އުކުޅުތައް ދަސްކޮށްދިނުންކަމުގައި ކަރެކްޝަންސް އިން ބުނެފައިވެއެވެ.

އެގޮތުން މި ތަމްރީން ޕްރޮގްގެ ބައިވެރިންނަށް އިންޓަރވިއު އެންޑް އިންޓަރަގޭޝަން ޓެކްނީކްސް، އިވޭލުއޭޓިންގ އެންޑް ކޮރޯބަރޭޓިންގ އެވިޑެންސް، ފޯމިއުލޭޓިންގ ދަ ރިޕޯޓް، އިލެކްޓްރޯނިކް ޑޮކިއުމަންޓް ކަލެކްޝަންސް، އެވިޑެންސް ކަލެކްޝަން އެންޑް އެވިޑެންސް ހެންޑްލިންގ، ވަރކްޕްލޭސް އިންވެސްޓިގޭޝަން -އެން އޯވަރ ވިއު އަދި ސަރޗް އެންޑް ސީޒް އެތިކްސް ފޮރ ވޯކް ފަދަ މޮޑިއުލްސްތައް ކިޔަވައިދިންކަމުގައިވެސް ކަރެކްޝަންސް އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް