ހިންދޫ ފާދިރީއެއްގެ ހުށަހެޅުމެއް ނިމުނު ތަނާހެން ވެލީގެ ތޫފާނެއް، 100އެއްހާ މަރު

އިންޑިޔާގައި މިއަދު ހިނގި ހާދިސާއެއްގައި ގާތްގަނޑަކަށް 100އެއްހާ މީހުން މަރުވެއްޖެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި ހިންދޫ ފާދިރީއެއްކަމުގައިވާ ބޯލޭ ބާބާގެ ހުށަހެޅު...

02 Jul 2024 | 17:16

އިންޑިޔާގައި މިއަދު ހިނގި ހާދިސާއެއްގައި ގާތްގަނޑަކަށް 100އެއްހާ މީހުން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި ހިންދޫ ފާދިރީއެއްކަމުގައިވާ ބޯލޭ ބާބާގެ ހުށަހެޅުމަކަށް އެއްވި މީހުން އެ އެއްވުން ނިންމާފައި ނިކުތްތަނުން އައި ވެލީގެ ތޫފާނެއްގައި ޖެހި 100އެއްހާ މީހުން ވަނީ މަރުވެފައެވެ.

15 ހާހެއްހާ މީހުން ބައިވެރިވި އެ އެއްވުން ނިންމާފައި އެންމެން ނިކުންނަން ފެށިތަނާހެން ވެލީގެ ތޫފާނެއް އައިސް އެމީހުންގެ ލޮލަށް ވެލި އެޅެން ފެށުމުން މީހުންތައް އެއެއް މިއެއް ނުބަލާ ކޮޅުކޮޅަށް ދުވަންފެށި ކަމަށާއި ގިނަ ބަޔަކު މަރުވީ ފިތި ބާރުވުމުގެ ސަބަބުންނާއި އަނެއް ބަޔަކު މަރުވީ ބިންމައްޗަށް ވެއްޓި ގައި މައްޗަށް މީހުން އެރުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.

އަލީގަޅު ޑިސްޓްރިކްޓްގެ ފުލުހުންގެ ޑިވިޒަން ކޮމިޝަނަރު ޗައިތުރާ، އޭއެފްޕީއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން 97 މީހަކު މަރުވެފައިވާކަން ކަށަވަރުކުރެވޭ ކަމަށާއި އަދަދު އިތުވުން ގާތް ކަމަށެވެ.

އިންޑިޔާ މީޑިއާއިން ބުނާގޮތުގައި އެ އެއްވުމަށް ހުއްދަ ދީފައިވަނީ 5000 މީހުން ބައިވެރި ކުރުމަށެވެ. އެހެންނަމަވެސް 15 ހާހެއްހާ މީހުން ބައިވެރިވި ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް