މެއި މަހަކީވެސް ކައިވެނީގެ އަދަދު ދެގުނަ އިތުރުވި މަހެއް

ނިމިދިޔަ މެއި މަހަކީވެސް ފެމިލީ ކޯޓުން ކޮށްދިން ކައިވެނީގެ އަދަދު ވަރީގެ އަދަދާއި އަޅާ ބަލާއިރު ދެގުނަ އިތުރު މަހެއްކަމުގައި ދައްކައިފިއެވެ. އެގޮތުން މެއި މަހުގެ ތަފާސް ހިސާބު ފެމިލީ ކޯޓުން މިރޭ އާއްމ...

02 Jul 2024 | 16:18

ނިމިދިޔަ މެއި މަހަކީވެސް ފެމިލީ ކޯޓުން ކޮށްދިން ކައިވެނީގެ އަދަދު ވަރީގެ އަދަދާއި އަޅާ ބަލާއިރު ދެގުނަ އިތުރު މަހެއްކަމުގައި ދައްކައިފިއެވެ.

އެގޮތުން މެއި މަހުގެ ތަފާސް ހިސާބު ފެމިލީ ކޯޓުން މިރޭ އާއްމުކޮށްފައިވާއިރު މެއި މަހު 238 ކައިވެންޏެއް ކޮށްދީފައިވާކަމަށް ބުނެފައިވެއެވެ. އަދި ވަރިކޮށްދިން އަދަދަކީ 124 ކަމަށް ބުނެފައިވެއެވެ.

މެއި މަހުގެ ކުރިން އޭޕްރީލް މަހަކީވެސް ވަރިއަށްވުރެ ކައިވެނީގެ އަދަދު އިތުރު މަހެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން އޭޕްރީލް މަހު 60 ވަރިކޮށްދީފައިވާއިރު 144 ކައިވެނިކޮށްދީފައިވާކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

މެއި މަހުގެ އިތުރު ބައެއް ތަފާސްހިސާބަށް ބަލައިލާއިރު މެއި މަހު ގެވެށި އަނިޔާއާއި ގުޅިގެން ނުވަ މައްސަލައެއް ހުށަހެޅި ކަމަށާއި ހަމަ އެ އަދަދަށް ރައްކާތެރިކުރުމުގެ އަމުރު ނުވަތަ ރައްކާތެރިކުރުމުގެ އަވަސް އަމުނު ނެރެދެވުނު ކަމަށް ބުނެފައިވެއެވެ.

ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކަށް ބަލައިލާއިރު 11 މައްސަލައެއް ނިންމާފައިވާއިރު އެންމެ ގިނައިން ހުށަހެޅި ނުނިމި އަދި ނިމުނު މައްސަލަތައްވެސް ހިމެނެނީ ދަރިން ނުދެއްކުމުގެ ކެޓަގަރީގައެވެ. އެ ކެޓަގަރީގެ 15 މައްސަލައެއް ނުނިމި ހުރި އިރު ތިން މައްސަލައެއް ނިންމާފައިވެއެވެ. އަދި އިތުރު ފަސް މައްސަލައެއް ހުށަހެޅުނު ކަމަށް ބުނެފައިވެއެވެ.

ޢާއިލީ އެހެނިހެން މައްސަލަތަކުގެ މެއި މަހުގެ ތަފާސްހިސާބަށް ބަލައިލާއިރު އަށް މައްސަލައެއް ނިންމުނުކަމަށް ބުނެފައިވެއެވެ. ޚަރަދުގެ އަށް މައްސަލައެއްވެސް ނިންމުނު ކަމަށް ބުނެފައިވެއެވެ.

މުޅި މެއި މަހަށް ބަލައިލާއިރު އެ ކޯޓުން 183 މައްސަލައެއް ނިންމި ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް