އާސަންދައިގެ ދަށުން ފުރަތަމަ ބުރުގައި އައިވީއެފް ހަދަން ޝަރުތުހަމަވީ 37 މީހުން

އާސަންދައިގެ ދަށުން ފުރަތަމަ ބުރުގައި އައިވީއެފް ހަދަން ޝަރުތު ހަމަވީ 37 މީހުން ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ. މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު އައިޔޫއައި ހެދުމަށް އެދުމުގެ ފުރުސަތު ހުޅުވާލުމ...

02 Jul 2024 | 15:43

އާސަންދައިގެ ދަށުން ފުރަތަމަ ބުރުގައި އައިވީއެފް ހަދަން ޝަރުތު ހަމަވީ 37 މީހުން ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު އައިޔޫއައި ހެދުމަށް އެދުމުގެ ފުރުސަތު ހުޅުވާލުމުން މުއްދަތު ހަމަވިއިރު 153 މީހުން ފޯމް ހުށަހަޅާފައިވާކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

އޭގެ ތެރެއިން އެންސްޕާއިން ކަނޑައެޅި ޝަރުތު ހަމަވެފައިވަނީ 37 މީހުން ކަމަށާއި ފުރަތަމަ ބުރުގައި އެ މީހުންނަށް ވަނީ އެހީ ހަމަޖެހިފައި ކަމަށެވެ.

އެންސްޕާއިން ބުނީ ފުރަތަމަ ބުރުގައި އެހީ ހަމަޖެހުފައިވާ ފަރާތްތަކަށް މި މަހުގެ 30 ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

އަދި މި މަހުގެ ނިޔަލަށް ހާލަތު ބަދަލުވެފައިވާ މީހުންނަށްވެސް އެހީއަށް އަލުން އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އާސަންދައިގެ ދަށުން އައި.ވީ.އެފް ގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއެންޓު ލިބޭ 100 ދެމަފިރިއަކަށެވެ. އަދި މި ހިދުމަތް ފޯރުކޮށްދޭނީ އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ވީ.އެފް" ގެ ފަރުވާ ރާއްޖޭގައި ފޯރުކޮށްދޭ މަރުކަޒު ތަކުންނާއި، ރާއްޖެއިން ބޭރުން މި ހިދުމަތް ދޭ މަރުކަޒުތައް މެދުވެރިކޮށްކަމަށް އެންސްޕާ އިން މައުލޫމާތު ދެއެވެ.

އައި.ވީ.އެފް އަދި އައި.ޔޫ.އެފްގެ ފަރުވާ އާސަންދަ ސްކީމްގެ ދަށުން ލިބޭނެ އުސޫލުގައިވާ ގޮތުން ފަރުވާއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވާން ޖެހޭއިރު ގުދުރަތީގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ފަދަ ސިއްހީ ސަބަބެއް މެދުވެރިވުން ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި ތިން އަހަރު ނުކުޅެދިފައި ވާން ޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް