ފ. އަތޮޅުގައި ސްޕީޗް އެންޑް ހިއަރިންގް ކޭމްޕްއެއް ކުރިޔަށް ގެންގޮސްފި

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން އެޓްމޮސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއެކު، ފ.އަތޮޅުގައި ސްޕީޗް އެންޑް ހިއަރިންގް ކޭމްޕްއެއް ކުރިޔަށް ގެންގޮސްފިއެވެ. މި ކޭމްޕު ކުރިއަށް ގެންގޮސްފ...

02 Jul 2024 | 15:32

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން އެޓްމޮސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއެކު، ފ.އަތޮޅުގައި ސްޕީޗް އެންޑް ހިއަރިންގް ކޭމްޕްއެއް ކުރިޔަށް ގެންގޮސްފިއެވެ.

މި ކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ ޖޫން މަހުގެ 24 އިން29 ހުގެ ނިޔަލަށެވެ.

މިކޭމްޕްގައި ފ.ނިލަންދޫ، ފީއަލި، ދަރަނބޫދޫ، ބިލެއްދޫ އަދި މަގޫދޫގައި އަޑުއިވުމާއި ވާހަކަދެއްކުމުގައި ދަތިތައް ހުންނަ 90 އަށްވުރެ ގިނަ ކުޑަކުދިންނަށް ރާއްޖެއިން ބޭރުގެ ސްޕީޗް ތެރަޕިސްޓެއް މެދުވެރިކޮށް ކޮންސަލްޓޭޝަން، ޑައިގްނޯސިސް، އިންޑިވިޖުއަލް އެސެސްމަންޓް އަދި އޯޑިއޯމެޓްރިކް ޓެސްޓް ހިލޭ ހަދާދީފައިވެއެވެ.

މީގެ އިތުރުން، ސްޕެޝަލް އެޑިއުކޭޝަން ނީޑްސް(ސެން) ކުދިންނަން ކިޔަވައިދޭ ފ އަތޮޅުގެ 5 ރަށުގައި މަސައްކަތްކުރާ 45 އަށްވުރެ ގިނަ ޓީޗަރުންނާއި ފައުންޑޭޝަން ސްޓޭޖް ޓީޗަރުންނަށް އަމާޒުކޮށް ފީއަލި އަދި މަގޫދޫގައި ވަކިވަކިން 2 ދުވަހުގެ ވަރކްޝޮޕްއެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މި ވަރކްޝޮޕްގައި ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް ކްލާސް ރޫމްގައި ބޭނުންކުރެވޭނެ ފަސޭހަ އިންޓަވެންޝަންތައް އަދި ކުޑަކުދިން ވާހަކަދެއްކުމުގައި ހުންނަ ދަތިތައް ފާހަގަކޮށް އެކަންކަމަށް ހައްލު ހޯދާދިނުމަށް ކުރެވޭނެ ކަންކަމުގެ މުހިންމު މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ކޭމްޕް ކުރިއަށްގެންދިޔުމުގައި އެޓްމޮސްފިއަރ ފައުންޑޭޝަން އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ފ އަތޮޅުގެ ސްކޫލްތަކުގެ ބައިވެރިވުމާއި އެހީތެރިކަން ފާހަގަކޮށް އާކް އިން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް