ރާއްޖެއަށް ބޭރުގެ އަސްކަރިއްޔާއެއްގެ ވައިގެ އުޅަނދުތަކެއް އައިސްފައިވާއިރު އެއީ ނަގަންޖެހޭ ހުއްދަ ނަގައިގެން އައި އުޅަނދުތަކެއްކަމުގައި އެމްއެންޑީއެފް އަދި އެމްއޭސީއެލްއިން ބުނެފިއެވެ.
އެގޮތުން މީޑިއާތަކަށް މަޢުލޫމާތުދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ އެއީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ލޮޖިސްޓިކްސް ބޭނުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި އިޓަލީގެ އެއާކްރާފްޓްތަކެއް ކަމަށެވެ.
"އިތުރު ތަފްސީލު ހޯއްދެވުމަށް އެމްއޭސީއެލްއަށް ގުޅުއްވުން އެދެން" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އިތުރު ތަފްސީލު ހޯދުމަށް އެމްއޭސީއެލްއަށް ގުޅުމުން އެމްއޭސީއެލްއިން ބުނީ ވަކި އިތުރު ތަފްސީލެއް ނެތްކަމަށާއި އެމްއެންޑީއެފްގެ އެ ކޮމެންޓްގައިވާ ކޮންޓެންޓް "ކަށަވަރު" ކޮށްދޭކަމަށެވެ.
ބައެއް މަސްދަރުތަކުން މަޢުލުމާތު ލިބިފައިވާގޮތުގައި ހަތަރު ޖެޓަކާއި ފްލައިޓެއް ވަނީ އެއާޕޯޓަށް ޖައްސާފައެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް