ސަމާއޯ އެގްރީމަންޓްގައި ރާއްޖެއިން ސޮއިކުރީ ޤާނޫނު އަސާސީއާއި ފުށުއަރާ މާއްދާތަކަށް ރިޒަވޭޝަން ހުށަހެޅުމަށްފަހުގައި ކަމުގައި ސަރުކާރުން ބުނެފިއެވެ.
އެގޮތުން ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސަމޯއާ އެގްރީމެންޓްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިކަމަށާއި އެގޮތުން ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވާކަމަށެވެ.
"މީގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގައި ސޮއިކޮށްފައިވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހު" ތަރުޖަމާނު ވިދާޅުވެފައިވެއެވެ.
ހީނާ އިތުރަށް ވިދާޅުވެފައިވަނީ އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މިސަރުކާރުން ފުރުޞަތުނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް