ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދާއި ގުޅޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
މި ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
ޝުޖާއު މި ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ 17 ވަނަ މަޖިލީހުން ފެށިގެން 20 ވަނަ މަޖިލީހާއި ހަމައަށް 16 މެންބަރަކު އިތުރުވެފައިވާއިރު ނިސްބަތުން ބަލާއިރު މި އަދަދުން އިތުރުވެގެންދިއުން ރަނގަޅު ނުވާނެ ކަމަށެވެ. އަދި ކޮންމެ ރިޔާސީ އިންތިހާބަކާއި ގުޅުވައި ވަކި އަދަދެއްގައި މެންބަރުންގެ އަދަދު ހިފެހެއްޓުން ނުވަނަ މަދުކުރުމުގެ ވާހަކަ ދެކެވުނު ނަމަވެސް މިކަމަށް ހައްލެއް ލިބޭތަން ނުފެންނަކަން މެންބަރު ފާހަގަކުރެއްވިއެވެ.
މި މައްސަލައަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ މައްސަލައަކަށްވީނަމަވެސް ވޭތުވެދިޔަ މަޖިލިސް ދައުރުތަކަށް މިކަމަށް ހައްލެއް ހޯދިފައިނެތްކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
ޝުޖާއު ގަރާރު ހުށަހަޅުއްވަމުން ހާމަކުރެއްވިގޮތުގައި 17 ވަނަ މަޖިލީހުގައި 77 އިން ފެށި 18 ވަނަ މަޖިލީހުގައި އެ އަދަދު 85 އަށްވެ އަދި 19 ވަނަ މަޖިލީހުގައި އެ އަދަދު 77 އަށް ބަދަލުވެ އަދި މި ހިނގާ ދައުރުގައި އަދަދު 93 އަށް އިތުރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް