ތިން ލޯންޗެއްގައި އަލިފާން ރޯވެއްޖެ

ޅ. ނައިފަރު ފަޅުގައި އަޅާފައި ހުރި ލޯންޗުތަކެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. މިކަމާއި ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް އެނގި...

02 Jul 2023 | 08:06

ޅ. ނައިފަރު ފަޅުގައި އަޅާފައި ހުރި ލޯންޗުތަކެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

މިކަމާއި ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެން ނަމަވެސް އެނގިފައިވާގޮތުގައި އާއްމު ކުދި ސައިޒުގެ އެ ލޯންޗުތަކުގައި ރޯވެފައި ހުއްޓާ ބަޔަކަށް ފެނުނީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ. ރޯވި އަލިފާން ނިއްވާލާފައިވާއިރު ތިން ލޯންޗުވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ތިން ލޯންޗު ނިސްބަތްވަނީވެސް ތިން މީހަކަށް ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް