ހައްޖަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ ގާސިމް އިބްރާހިމް، ނ.ހ...

02 Jul 2023 | 07:55

ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ ގާސިމް އިބްރާހިމް، ނ.ހޮޅުދޫ، ( 70 އަހަރު)ވަނީ ރޭގެ ފަތިހުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެފައި ކަމަށާއި ގާސިމް ނިޔާވީ އޭނާ ހުރި ހޮޓަލުގައި ކަމަށެވެ.

"މިހާރު ގާސިމް ކަށުކަމާކެމީގެ ކަންކަން ކުރުމަށް ދަނީ ތައްޔާރުވަމުން" މިނިސްޓްރީން ބުންޏެވެ.

މިއީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހި ހައްޖުވެރިންގެ ތެރެއިން ނިޔާވި ތިންވަނަ ހައްޖުވެރިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް