ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރަން ދަތި: ހަަަސަން ލަތީފް

2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރަން ދަތިކަމުގައި އެމްޑީޕީގެ ކުރީގެ ޗެެއާޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެންބަރުކަންވެސް ކުރައްވަމުންގެންދަވާ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ...

02 Jul 2022 | 18:22

2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރަން ދަތިކަމުގައި އެމްޑީޕީގެ ކުރީގެ ޗެެއާޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެންބަރުކަންވެސް ކުރައްވަމުންގެންދަވާ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވީ 19 ވަނަ މަޖިލިސް ހޮވަން ކެމްޕޭނުތައް ކުރިއަށްދިޔަ ދުވަސްވަރު އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅެއްގެ ހަނދާން އާކޮށް އެ ވާހަކަފުޅު ހިމެނޭ ވީޑިއޯއާއެކު ކުރެއްވި ޓްވީޓެއްގައެވެ.

އެ ވީޑިއޯގައި ރައީސް ސޯލިހް ވިދާޅުވަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރެއިން ހަނދާން ނައްތާނުލެވޭނެ ބައެއް ބޭފުޅުން އެބަތިއްބެވި ކަމަށާއި އޭގެތެެރެއިން އެއް ބޭފުޅަކީ އިމްތިޔާޒް ފަހުމީ ކަމަށެވެ.

"ޝިފާޒް މި އިންނެވީ، މިތަނުގައި މީގެ ކުރިން މި ޖަލްސާ ތައާރަފްކުރެއްވި އަންވަރަކީ ދުވަހަކުވެސް އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ހަނދާން ނައްތާލާނެ ބޭފުޅެއް ނޫން" އެ ވީޑިއޯގައި ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އިލްޔާސް ލަބީބް، ސާބެ، ހަސަން ލަތީފް މިހެންގޮސް މި ބޭފުޅުންނަކީ ރައީސް ސޯލިހްގެ ސިޔާސީ ހަޔާތުގައި ދޫކޮށްލެވޭނެ ބޭފުޅުންނެއް ނޫންކަމުގައި ވިދާޅުވެއެވެ.

މި ވީޑިއޯ ހަނދާނަށް ގެންނަވަމުން ހަސަން ލަތީފް ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސްގެ ސިޔާސީ ހަޔާތްޕުޅުން ރައީސަށް އަޅުގަނޑު ދޫކޮށް ނުލެވުނަސް، 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސްއާއެކު މަސައްކަތްކުރަން ދަތި ކަަމަށެވެ.

https://twitter.com/HassanLatheef/status/1543288198591176704

އެ އިންތިހާބުގައި ރައީސް ސޯލިހް ވާދަކުރައްވައިގެން އެމްޑީޕީއަށް ކާމިޔާބު ކޮށްދެވެން ނެތްކަމަށް ލަފާކުރެވޭކަމަށްވެސް ހަސަން ލަތީފް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް