އިރާނަށް މިއަދު އައި ބިންހެލުންތަކެއްގައި ފަސް މީހަކު މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިއަދު ހެނދުނު އިރާނަށް ތިން ބިންހެލުމެއް ރެކޯޑު ކުރެވުނެވެ. ފުރަތަަމަ ދެ ބިންހެލުމުގެ ބާރަކީ ރެކްޓަރ މިންގަނޑުން 6.3 މެގްނެޓިއުޑެވެ. ތިންވަނަ ބިންހެލުމަކީ އެ މިންގަނޑުން 6.1 މެގްނެޓިއުޑްގެ ބިންހެލުމެއް ކަމަށް ބުނެފައިވެއެވެ.
މި ބިންހެލުންތަކާއި ގުޅިގެން ފަސް މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާއިރު ފަސް މީހުން މަރުވެފައިވަނީ ފުރަތަމަ ބިންހެލުމުގައެވެ.
އިރާނުގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި ފުރަތަމަ ބިންހެލުން އައުމާއެކު މީހުންތައް މަގުތަކުގެ މައްޗަށް ނިކުތެވެ. ދެވަނަ އަދި ތިންވަނަ ބިންހެލުމުގެ ފުރާނައެއް ނުގެއްލުނު ސަބަބަކީ އެއީކަމުގައި ރިޕޯޓްކޮށްފައިވެއެވެ.
މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ އިރާނުގެ ބަންޑާރު އައްބާސް ޓައުނަށާއި ކައިރި އަވަށްތަކަށެވެ. ޖެހިގެން އޮތް އެކުވެރި އަރަބި އިމާރާތަށްވެސް ކޮންމެވެސް ވަރަކަށް މި ބިންހެލުންތައް އިހުސާސު ކުރެވުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް