އުދައިގެ ހިތްދަތިކަމުގައި ބައިވެރިވަމު: ޖުމްހޫރީ ޕާޓީ

އުދަ އެރުމުގެ ހާދިސާތަކާއި ޒުވާނަކު ނިޔާވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައްޔިތުން ތަަހައްމަލުކުރަމުންދާ ހިތްދަތިކަމުގައި ބައިވެރިވާކަމުގައި ޖުމްހޫރީ ޕާޓީން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނެފައިވަނީ...

02 Jul 2022 | 16:57

އުދަ އެރުމުގެ ހާދިސާތަކާއި ޒުވާނަކު ނިޔާވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައްޔިތުން ތަަހައްމަލުކުރަމުންދާ ހިތްދަތިކަމުގައި ބައިވެރިވާކަމުގައި ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

ޖޭޕީގެ އެ ނޫސްބަޔާނުގައި ބުނެެފައިވަނީ ހުރިހާ ފަރާތަކުންވެސް އެއްބައިވަންތަކަމާއެކު، ގެއްލުން ލިބުނު ފަރާތްތަކުގެ ހާލު އަހުވާލު ބަލައި ކަމާއިބެހޭފަރާތްތަކުން ކުރައްވާމުންގެންދަވާ އެންމެހައި ކަންކަމަށް ހިތްވަރުދީ، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ހެއްދެވުމަށް އެ ޕާޓީން ގޮވާލާ ކަަމަށެވެ.

" މޫސުން ގޯސްވެ ރާއްޖޭގެ ގިނަ ރަށްތަކަކަށް އިއްޔެއިން ފެށިގެން އަރަމުންދާ އުދައިގެ ސަބަބުން ރަށްތަކަށް ލިބެމުންދާ ބޮޑެތި ގެއްލުމާއި، ގޯތިގެދޮރަށާއި ދަނޑުބިންތަކާއި މުދަލަށް ލިބެމުންދާ ގެއްލުންތަކާއި، އުދައެރި ވަގުތު ފެންފުށިން ޒުވާނަކު ނިޔާވެ ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަމުގައި  ޖުމުހޫރީ ޕާޓީގެ ފަރާތުން  ބައިވެރިވެ، އަޅުގަނޑުމެން އެންމެންނަށް ރައްކާތެރިކަން ދެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ." ޖޭޕީން ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ހުރިހާ ފަރާތަކުންވެސް އެއްބައިވަންތަކަމާއެކު، ގެއްލުން ލިބުނު ފަރާތްތަކުގެ ހާލު އަހުވާލު ބަލައި ކަމާއިބެހޭފަރާތްތަކުން ކުރައްވާމުންގެންދަވާ އެންމެހައި ކަންކަމަށް ހިތްވަރުދީ، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ހެއްދެވުމަށްވެސް އެ ޕާޓީން ގޮވާލާ ކަމަށާއި މިކާރިސާއާއި ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އަވަސްގޮތެއްގައި ކަމާއިބެހޭފަރާތަކަން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށް އެ ޕާޓީން ޔަގީންކުރާކަަމަށެވެ.

މިވަގުތަކީ ހުރިހާ ފަރާތަކުންވެސް އެއްބައިވަންތަކަމާއެކު، ގެއްލުން ލިބުނު ފަރާތްތަކުގެ ހާލު އަހުވާލު ބަލައި ކަމާއިބެހޭފަރާތްތަކުން ކުރައްވާމުންގެންދަވާ އެންމެހައި ކަންކަމަށް ހިތްވަރުދީ، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ހެއްދެވުމަށްވެސް  ޖޭޕީގެ ނޫސްބަޔާނުގައި ގޮވާލާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް